logoEN
cocacola
ކަރަންޓު އިގްތިސޯދު ކުރުމަށް ސްޓެލްކޯއިން ހާއްސަ ފިޔަވަޅުތަކެއް

ކަރަންޓު އިގްތިސޯދު ކުރުމަށް ސްޓެލްކޯއިން ހާއްސަ ފިޔަވަޅުތަކެއް

އައިޝަތު އިފާޝާ

logo

4/26/2023, 9:00:41 AM

STELCO

ރާއްޖެ ސަރަހައްދަށް މިދުވަސްވަރު އާދަޔާއި ޚިލާފަށް ހޫނު ގަދަވުމނުގެ ސަބަބުން ކަރަންޓުގެ ޑިމާންޑް ބޮޑުވުމާއި ގުޅިގެން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ ގޮތުން މާލެ ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންގެންދާ ސްޓެލްކޯއިން ޚާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.

ގޮސިޔާ

ސްޓެލްކޯއިން ރޭ ކުރި ޓުވީޓެއްގައި ވިދާޅުވީ، ހޫނު މޫސުމާއި ގުޅިގެން ރެކޯޑް އަދަދަކަށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ، އެކުންފުނިން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކަށް މެދުނުކެނޑި ފޯރުވައިދިނުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުރިހަމަކޮށް ހަރުދަނާ ކުރުމަށްޓަކައި، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްގެ ބެއްލެވުމުގެ ދަށުން ޙާއްސަ ޓީމެއް އެކުލަވާލައި، އެޓީމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ސްޓެލްކޯއިން ވަނީ، ހޫނު މޫސުމާއެކު ކަރަންޓު ބިލްތަކަށް އަންނަ ބަދަލުތަކާއި، ޕީކް ޓްރެންޑްގެ އިތުރުން، ކުންފުނީގެ ބިލިންގ ޕްރޮސެސްއާއި، އެނޫންވެސް ކަމާއި ގުޅުންހުރި މައުލޫމާތު އެކަމުގެ ފަންނީ ބޭފުޅުން މެދުވެރިކޮށް ފޯރުކޮށްދީ، ކަސްޓަމަރުންނާއި ހަމަޔަށް އެކުންފުނީގެ މައުލުމާތު އޭގެ އެންމެ ފުރިހަމަ އަދި ސައްހަ ގޮތުގައި ފޯރުވައިދިނުމަށް ނޫސްވެރިން އަހުލުވެރި ކުރުވުމަށްޓަކައި، މީޑިއާތަކަށް ވަރަށް ހާއްސަ މައުލޫމާތު ސެޝަންނެއްވެސް ބާއްވާފައެވެ.

އަދި އޭގެ އިތުރުން، ޕީކްލޯޑް ދަށްކުރުމަށްޓަކައި އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެކުންފުނީގެ ހުރިހާ އެއާރކޮންޑިޝަންތަކެއް 25 ޑިގްރީއަށްވުރެ ދަށް ނުވާނެހެން ބެހެއްޓުމަށް ނިންމައި، ހޫނުން ސަލާމަތްވުމަށްތަކައި ރަސްމީ އޮފީސް ހެދުމުގެ ބަދަލުގައި ކުރިއަށް އޮތް އެއްމަސް ދުވަހަށް، އެކުންފުނީގެ ޔުނީފޯމްގައި އޮފީހަށް އައުމުގެ އިހުތިޔާރު ހުރިހާ މުވައްޒަފުންނަށް ދީފައެވެ.

އެކުންފުނިން މިމަހުގެ 24 ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި، ހޫނު ގަދަވުމުގެ ސަބަބުން މާލެއާއި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ އެވްރެޖް ޕަވަރ ޔޫސޭޖް ނުވަތަ އެވްރެޖް އެނާރޖީ ކޮންސަމްޕްޝަން ރެކޯޑު މިންވަރަކަށް މަތިވެފައިވާ ކަމަށެވެ.

އެގޮތުން މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު 14:10 ގައި އެކުންފުނީގެ ޕީކްލޯޑް 102 މެގަވޮޓަށްވުރެ މައްޗަށް އަރާފައިވާކަމަށް ފާހަގަކުރެވިފައިވާ ކަމަށްވެސް އެކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

އެކުންފުނިން ވަނީ، މިދުވަސްވަރު ހުރިހާ ފަރާތްތަކުންވެސް ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައވެެ. އަދި އެއާކޮންޑިޝަންތައް 25 ޑިގްރީއަށްވުރެ ދަށް ނުވާނެހެން ބެހެއްޓުމަށް ސަމާލުކަންދިނުމާއި، ކޮންމެހެން ދިއްލަންޖެހޭ ދިއްލުންތަކާއި، ބޭނުންކުރަން ޖެހޭ ކަރަންޓު އާލާތްތައް ފިޔަވާ އިތުރު އާލާތްތަށް މިދުވަސްވަރު ބޭނުން ނުކުރުމަށް އެކުންފުނިން އިލްތިމާސްކޮށްފައިވެއެވެ؛

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ