ތިނަދޫ: 60 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށަނީ

ގާފު ފޮޮޓޯ: ޝުޢާއު ހަނީފް

ގދ. ތިނަދޫގައި ދިރިއުޅޭ 60 އަހަރުން މަތީ ބޭފުޅުންނަށް މާދަމާއިން ފެށިގެން ވެކްސިން ދޭން ފަށާނެ ކަމަށް އެރަށު ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އިން ބުނެފިއެވެ.

ތިނަދޫގައި 60 އަހަރުން މަތީގެ ބޭފުޅުންނަށް ވެކްސިން ދިނުން ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 ގައި އެވެ. އަދި ވެކްސިން ދިނުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތިނަދޫ ކޮވިޑް ފެސިލިޓީގައި އެވެ.

ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްއިން މައުލޫމާތު ދޭގޮތުގައި ކޮންމެ ދުވަހުކަުވެސް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ ވަކިއަދަދަކަށެވެ.

ވެކްސިން ޖަހަން ހަމަޖެހިފައިވާ ގަޑިތަށް

  • ހެނދުނު 10:00 އިން 12:00 އަށް
  • މެންދުރު 14:00 އިން 17:00 އަށް

ވެކްސިން ޖަހަން ދާއިރު އައިޑީ ކާޑުގެ އިތުރުން ދިގު މުއްދަތަށް ބޭސް ބޭނުންކުރާ މީހުން ބޭސް ސިޓީ ގެންދިޔުމަށް ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްއިން ވަނީ އިލްތިމާސްކޮށްފައިއެވެ.

ތިނަދޫގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެއްޓިފައިވަނީ ފެބްރުއަރީ 3 ވަނަ ދުވަހުގައެވެ. އެންމެ ފުރަތަމަވެސް ވެކްސިން ދީފައިވަނީ ފްރަންޓްލައިންގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނަށް ކަމަށް އެހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ. އަދި އެއަށްފަހު ތިނަދޫގައި ދިރިއުޅޭ 80 އަހަރުން މަތީ ބޭފުޅުންނާއި ދާނުގައި ތިއްބެވި ބޭފުޅުންނަށްވެސް ވަނީ ވެކްސިން ދީފައި އެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް