logoEN
cocacola
ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން މަސައްކަތްކުރި މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން މަސައްކަތްކުރި މަސްތުވާތަކެތި އަތުލައިގެންފި

އަހުމަދު ޝުރާއު

logo

4/25/2023, 9:20:50 AM

BeFunky-collage-43-scaled

ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް ޑްރަގް އެތެރެކުރަނިކޮށް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ގޮސިޔާ

ކަސްޓަމްސްއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ މި ތަކެތި އަތުލައިގަނެވުނީ މިމަހުގެ 15 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެތަކެތި އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

މިގޮތުން ބަލައި ފާސްކުރެވުނު ޕެކޭޖުގެ ތެރޭގައި ހުރި ހަތަރު ޕެކެޓެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ތަހުލީލުކުރުމުން މެފެޑްރޯންއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެ އެވެ.

މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1040 ގުރާމް ހުރިއިރު މިތަކެތީގެ މަގުމަތީ އަގު 1.8 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ