
މަޖިލީހުން މިއަދު ފޮނުވި ނޯޓިސް ގަވާއިދާ ހިލާފު - މިނިސްޓަރ މަލީހް
215548_3_dba18e4fa71340ef50f4e81bcae8e5abf3a44a30_medium
ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީ ވުމަށް 14 ދުވަހުގެ ނޯޓިސް ގަވާއިދާ ހިލާފު ކަމަށް މަލީހް ވިދާޅުވެއްޖެއެވެ.

ނޯޓިސް ލިބުނުކަން ހާމަ ކުރައްވައި މަލީހު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ގަރާރު ތައްޔާރު ކުރެއްވި އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރ އަލީ އާޒިމް ވަނީ ގަރާރުގައި ސޮއި ކުރެއްވި 14 މެމްބަރުންނަށް އޮޅުވާލާފައި ކަމަށެވެ. އެހެންކަމުން ގަރާރު ބާތިލް ވާނެ ކަމަށާއި ގަރާރުގައި ވަނީ ހަމަނުޖެހޭ ދޮގު ވާހަކަތަކެއް ކަމަށް މަލީހް ވަނީ ވިދާޅުވެފައެވެ. މަލީހް އިތުރަށް ވިދާޅުވި ގޮތުގައި ގަރާރުގައި ވަރަށް ބޮޑެތި ގާނޫނީ މައްސަލަތަކެއް އެބަހުއްޓެވެ. އަދި އެކަމާ ގުޅިގެން އަލީ އާޒިމް މައްޗަށް ސުލޫކީ ފިޔަވަޅު އަޅަން ޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއަދު މަޖިލީހުން ފޮނުއްވި ނޯޓިސް މާދަމާ އަނބުރާ މަޖިލީހަށް ފޮނުއްވާނެކަމަށް މަލީހް ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ އިދާރާއަށް ލިބިފައިވުމާއި އެކު ޖަވާބުދާރީވުމަށް 14 ދުވަހުގެ ނޯޓިސްއެއް ފޮނުވީ މިއަދު އެވެ. އެމްޑީޕީގެ 14 މެންބަރުންގެ ސޮޔާއެކު މަލީހްގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވެއްދީ އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރ އަލީ އާޒިމް އެވެ.