logoEN
cocacola
ޕާކިސްތާނުގެ ކައުންޓަރ ޓެރަރިޒަމް އޮފީހުގައި އެއްޗެއް ގޮއްވާލައި 12 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ކައުންޓަރ ޓެރަރިޒަމް އޮފީހުގައި އެއްޗެއް ގޮއްވާލައި 12 މީހުން މަރުވެއްޖެ

އަހުމަދު ޝުރާއު

logo

4/25/2023, 9:10:00 AM

Screenshot 2023-04-25 at 09.04.26

ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ހުންނަ ކައުންޓަރ ޓެރަރިޒަމް ފެސިލިޓީއެއްގައި ދެ ބޮމެއް ގޮއްވާލައި 12 މީހުން މަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ގޮސިޔާ

ކަބަލްގެ ފުލުހުންގެ އޮފިޝަލެއް ކަމަށްވާ ޝަރީފްالله ޚާން އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގެ ސްވަޓް ވާދީގައި ހުންނަ ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓް (ސީޓީޑީ) ގައި ހޯމަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގައި 12 މީހުން މަރުވެފައިވާ ކަމަށާއި 50 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

މި ބިލްޑިން ކޮމްޕްލެކްސްގައި ކަބަލް ޑިސްޓްރިކްޓް ޕޮލިސް ސްޓޭޝަނާއި ރިޒާވް ޕޮލިސް ފޯސްގެ ހެޑްކުއާޓަރު ވެސް ހުރި ނަމަވެސް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓްގެ އިމާރާތަށެވެ.

ޕްރޮވިންސްގެ ޕޮލިސް ޗީފް އަޚްތަރު ހަޔާތު ވިދާޅުވީ އެ އޮފީހުގައި ކުރީގެ އެމިއުނިޝަން ސްޓޯރެއް ހުރި ކަމަށާއި ގޮވުމެއް ގޮވީ އޭގެ ސަބަބުންތޯ ނުވަތަ އެއީ ހަމަލާއެއްތޯ ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

ފުލުހުންގެ ބޮޑެތި މަރުކަޒުތަކަށް ދިން ދެ ހަމަލާއަކީ މިއަހަރު ފެށުނީއްސުރެ ޕާކިސްތާނުގެ ތާލިބާނުންގެ ނަމުން ނަންދީފައިވާ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އާ ގުޅިފައިވާ ހަމަލާއެއް ކަމަށް ބޮޑަށް ބެލެވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ