logoEN
cocacola
ދިވެހި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބުޗާގޭ ދޮން މަނިކު އަވަހާރަވެއްޖެ

ދިވެހި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބުޗާގޭ ދޮން މަނިކު އަވަހާރަވެއްޖެ

އަހުމަދު ޝުރާއު

logo

4/25/2023, 8:41:46 AM

297812292_10166719192345578_8893395512302065501_n

ދިވެހި ދައުލަތަށާއި ގިނަ ހިދުމަތްތަކެއް ކުރައްވައި ސަރުކާރުގެ އިސް މަގާމުތަކެއް އަދާކުރައްވާފައިވާ ބުޗާގޭ ދޮންމަނިކު ރޭ އަވަހާރަވެއްޖެ އެވެ.

ގޮސިޔާ

ދޮންމަނިކު އަވާރާހަވިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ދަރިކަނބަލުން އަދި ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.

އިރުތިޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބައްޕަ އަަވަހާރަވެފައި ވަނީ އޮސްޓްރޭލިއާގެ ބިސްބްރޭންގައި އޮސްޓްރޭލިއާ ގަޑިން ދަންވަރު 4:45 ގައި ކަމަށެވެ. ބުޗާގޭ ދޮން މަނިކު އަވަހާރަވިއިރު، އުމުރުފުޅަކީ 92 އަހަރެވެ.

އިރުތިޝާމްގެ ޓްވީޓްގައި ލިޔުއްވާފައިވާ ގޮތުގައި ބައްޕާފުޅަކީ އަބަދުވެސް އެންމެ މުހިންމީ އާއިލާ ކަމަށް ދެކެވަޑައިގެން އާއިލާގެ އުފަލަށްޓަކައި ހުރިހާ ކަމެއް ވެސް ކުރެއްވި އަދި ޚިދުމަތުގައި ތެދުވެރި ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިިއްޔާ އޮފީހުގެ ލިޔުންތަކުން ދައްކާ ގޮތުން އާދަމް މޫސާ ވަނީ 43 އަހަރާއި 6 މަހާއި 3 ދުވަހު ސަރުކާރުގެ ހިދުމަތް ކުރައްވާފައެވެ. ދޮންމަނިކު ގިނަ ބަޔަކަށް އެނގެނީ ކުރީގެ ހޯމް އެފެއާޒްގެ ދަށުން ހިންގި ފިލްމު ސެންސަރުބޯޑުގެ ޗެއާމަންގެ ގޮތުގަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ