
Screenshot 2021-02-16 at 20.44.55
ވ. އަތޮޅުގައި އޮންނަ ފަޅު ރަށަކުން ނިޔާވެފަައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

އެ ހާދިސާ އާއި ގުޅޭގޮތުން ފުލުހުން ބުނީ ވ. ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގެ މައުލޫމާތު މިއަދު 11:02 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި ފެނިފައިވަނީ ބިދޭސީއެއްގެ ހަށިގަނޑު ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި އެ މީހާގެ ހަށިގަނޑު ފެނިފައި ވަނީ ދަނޑު ކެނޑުމަށް އެރަށުގައި އުޅުނު ބަޔަކަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގެ ބޭރުފުށުން ޝައްކު ކުރެވޭ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށާއި ނަމަވެސް އިތުރަށް ބަލަން ޖެހޭ ކަންތައް ބެލުމަށް ހަށިގަނޑު މާލެ ގެންނަ ކަމަށް ފުލުހުން ބުންޏެވެ.
އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.