logoEN
Sto top
ބިޓްކޮއިންގެ އަގު ފުރަތަމަ ފަހަރަށް ބައި މިލިއަން ޑޮލަރަށް

ބިޓްކޮއިންގެ އަގު ފުރަތަމަ ފަހަރަށް ބައި މިލިއަން ޑޮލަރަށް

btc-analisis

ކްރިޕްޓޯ ކަރަންސީއެއްކަމަށްވާ ބިޓްކޮއިން ގެ އަގު ފުރަތަމަ ފަހަރަށް ބައި މިލިއަން ޑޮލަރަށް އަރައިފިއެވެ.

Wamco

މި އަހަރު ފެށުނު އިރު ބިޓްކޮއިންގެ އަގު އުޅެނީ 30،000 ޑޮލަރުގައެވެ. ބިޓްކޮއިންގެ އަގު ބައި މިލިއަން ޑޮލަރަށް މިއަު އަރާފައިވާއިރު، ބިޓްކޮއިންގެ ޖުމްލަ އަގު ނުވަތަ މާކެޓް ކެޕިޓަލައިޒޭޝަން 1 ޓްރިލިއަން ޑޮލަރަށް އެރުމާއި ވަނީ ވަރަށް ގާތްކޮށްފައެވެ. މިހާރު މާކެޓް ކެޕިޓަލައިިޒޭޝަން އަކީ 920 ބިލިއަން ޑޮލަރެވެ.

ނިމިދިޔަ ހަފްތާގައި ދުނިޔޭގެ އެންމެ މުއްސަދި މީހާ އަދި މަޝްހޫރު ޓެސްލާ ކުންފުނީގެ ސީއީއޯ އީލޮން މަސްކު ވަނީ ނިމިދިޔަ ހަފްތާގައި 1.5 ބިލިއަން ޑޮލަރު ބިޓްކޮއިން އަށް އިންވެސްޓުކޮށްފައެވެ. އީލޮން ކުރި މި އިންވެސްޓާއި އެކު ދުނިޔޭގެ ބާޒާރުގައިވެސް ބިޓްކޮއިން ގެ އަގު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިވަނީ ބޮޑުތަނުން މައްޗަށް ޖެހިލާފައިއެވެ.

މާރކެޓް ދިރާސާ ކުރައްވާ ފަރާތްކުން ހާމަކުރާ ގޮތުގައި ބިޓްކޮއިންގެ އިތުރުން އެހެނިހެން ކްރިޕްޓޯ ކަރަންސީގެ އަގު އަދި މިއަށްވުރެ މައްޗަށްދާނެކަމަށް މިވަނީ ބެލެވިފަައެވެ.

ބިޓް ކޮއިން އަކީ އެއްވެސް ބޭންކެއްގެ ކޮންޓްރޯލް އެއަށް ނުފޯރާ، ދައުރުވަމުން އަންނަ އެތައް ކްރިޕްޓޯ ކަރަންސީއެއްގެ ތެރެއިން އެއް ކްރިޕްޓޯ ކަރަންސީ އެވެ. ބިޓްކޮއިން އެއްގެ އަގު 2008 ގައި އުޅުނީ ގާތްގަނޑަކަށް އެންމެ ހަ ޑޮލަރަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside