ހުރިހާ ވަޒީފާ އަކީ އެންމެ ބުރަކޮށް ނުވަތަ ދަތުރު ކޮށް ނުވަތަ ތަފާތު ކަންކަން ކުރާ ވަޒީފާ ތަކަށް ނުވާއިރު ގިނައީ އޮފީހުގެ ފިނި ކޮޓަރީގައި މޭޒު ދޮށުގައި ތިބެގެން އަދާކުރާ ވަޒީފާއެވެ. އަބަދުމެ އެއް ކަމެއްކުރާނަމަ ފޫހިވުމަކީ އިންސާނާގެ ތޮބީޢަތެކެވެ. އެއީ ވަޒީފާއަށް ފަރުވާ ކުޑަވުމެއްނޫނެވެ. ބައެއްފަހަރު ވަޒީފާގައި އުޅޭ ވަގުތު ކުރަން ޖެހޭ މަސައްކަތްނިމ ހުސްވަގުތު ކޮޅެއް ލިބުމުން ވަރަށް ވެސް ބޮޑަށް ފޫހިވެގެން ދެއެވެ. އެގޮތުން މަސައްކަތުގައި މޯޅިކަން އިތުރު ކޮށްދެއެވެ. ނިދި އައިސް ކަންނެތް ވާން ފަށައެވެ.
ފޫހިކަމަށާއި, މޯޅީގެ ހައްލެއްގެ ގޮތުގައި ކުރެވިދާނެ ކަންތައްތައް ވަރަށްވެސް ގިނައެވެ. އޭގެ ތެރެއިން މިފަހަރު މިބަލައިލަނީ އެންމެ 5 ކަމަކަށެވެ.
1 އޮފީހުގެ އެހެން މީހުންނާއި ވާހަކަ ދައްކައި އޮފީސް ތެރޭގައި ވާކަންކަން ދެނެގަތުން.
ވިސްނަން ޖެހޭ އެއް ކަމަކީ ތި ދިމާވާ ކަންކަމަކީ ހަމައެކަނި ތިބާއާ އެކަނި ދިމާވާ ކަމެއްވެސް ނޫންކަމެވެ. އޮފީހުގައި އެހެން މީހުންނަށް ވެސް ތިފަދަ އެތައް ކަމެއް އަދި ތީގެ އެއިތުރުންވެސް ކަންކަމާއި ދިމާވާނެއެވެ. އޮފީހުގައި މީހަކު މޯޅި ކަންމަތީ ފިކުރެއްގައި އިންނަ ތަން ފެންނަ އިރު އެއީ ކޮންކަމަކާމެދު ތޯ ފިކުރު ކުރަނި އެގޭނެ އެއްގޮތެއްވެސް ނޯންނާނެއެވެ. އަދި ބައެއް ފަހަރު އެންމެ ރަގަޅު ވާނީވެސް ޕާރސަނަލް ކަމަކަށްވެދާނެތީ އެކަމުގެ ތެރެޔަށް ނުވަނުމެވެ. ނަމަވެސް އެމީހަކާއި ވާހަކަ ދައްކާލައި ސަމާސާ ކޮށް ހަދައި އެހީތެރިވުމަކީ ތިބާއައް ދަސްވެގެންދާނެ ވަރަށްވެސް ރަގަޅު ސިފައެކެވެ. އަދި އެމީހާގެ އިތުރުން ތިބާގެ ފޫހި ކަން ވެސް ފިލުވައި ދީފާނެ ކަމެކެވެ.
2 ކަމެއް ރާވައި ހިންގުން.
އޮފީސްތެރެ މާ އަޑުމަޑުކޮށް މައިތިރި ކޮށް އޮންނަ ހިންދުގައި ފޫހިކަން އިތުރުވެގެން ދާން މެދުވެރިއެވެ. މިކަހަލަ ކަމަކަށް ކުރެވިދާން އެއް ކަމަކީ ތިބާ އަމިއްލައައް އިސްނަގައިގެން ކަމެއް ރޭވުން. ރައްޓެހިންނާއި އެއްކޮށް ފުޓްބޯޅަ މެޗެއް ބަލާލަން ނުވަތަ ކުޅެން ދިޔުން ވިޔަސް އޮފީސް މީހުންނާއި އެއްކޮށް ދަތުރެއް ނޫނީ ކެއުމެއް ފަދަ ކަމެއް ޜޭވުން ކަމުގައި ވިޔަސްއެވެ.
3 އޮފީސް ތެރެ ނުވަތަ މޭޒުމަތި ތަރުތީބުކޮށް ސާފުކޮއްލުން ނުވަތަ ޑެކަރޭޓްކޮއްލުން.
އޮފީސް ތެރޭގެ ތަރުތީބު ބަދަލްކޮށްލައި ސާފުކޮއްލުމުން މީހާގެ ސިނކުޑި ފިކުރު ތަކުން ދުރުކޮށްލައި އެހެން ކަމަކަށް ފޯކަސް ކޮށްދެއެވެ. އަދި މީހާގެ އެނާރޖީ ލެވެލް މަތި ކޮށްދީ މުޅިން ފްރެޝް ނަޒަރަކުން އަލުން މަސައްކަތާއިގެން ކުރިއައް ދިޔުމަށް މަގުފަހި ކޮށްދެޔެވެ. ފެންނަ ހިސާބުގައި އިންސްޕިރޭޝަނަލް ކްއޯޓްކޮޅެއް ނޫނީ ހިތްހަމަޖައްސައިދޭ ފޮޓޯއެއް ކަހަލަ އެއްޗެއް ފެންނަން ހުރުމުންވެސް ވަރަށް ފަސޭހަވެގެންދެއެވެ.
4 އާކަމެއް ދަސްކުރުން.
ބައެއް ފަހަރު އަބަދު އެއްކަމެއް ކުރަން ޖެހުމުން ފޫހިވާތަން އާދެއެވެ. މިކަމުގެ ހައްލެއްގެ ގޮތުން ތިބާއަށް މުޅިން އާކަމެއް ދަސްކުރަން މަސައްކަތް ކުރެވިދާނެއެވެ. ތިބާއަކީ އެކައުންޓެންޓްއަކަށް ވަނީނަމަ ޕްރޮޑަކްޝަން ދާއިރާގެ ނުވަތަ ހިއުމަން ރިސޯސަސްގެ މަސައްކަތް ކަހަލަ އިތުރު ކަމައް ކުޑަކޮށް ބަލައި ދަސްކޮށްލުމުން ތިބާ ކުޅަދާނަކަން އިތުރުވެ އަދި މަސައްކަތްވެސް ތަފާތުވެ އާކަމަކާއި ބެހޭގޮތުން މައުލޫމާތު މުއްސަނދި ވެގެން ދެޔެވެ.
5 ދުވަހުގެ ދެން އޮތް ބައިގައި ކުރާނީ ކޮން ކަމެއްތޯ ވިސްނައި ރޭވުން.
ގިނަ މީހުން އޮފީސް ނިމޭނީ އާންމުގޮތެއްގައި ހަވީރު ގަޑިއަށެވެ. އޮފީހުގައި އިނދެ ދުވާލުގެ ދެން އޮތް ބައި ރަވާ ކުރާނެ ކަމެއް ނިންމުމަކީ ވަރަށްވެސް ފަސޭހަ އަދި އާދައިގެ ކަމެކެވެ. ހަވީރު ގަޑީގައި ތަނަކަށް ކާން ދާނީތޯ؟ ކޮފީއެއް ބޯލަން ރައްޓެއްސަކަށް ގުޅާނީތޯ؟ ނޫނީ ގޭގައި މަޑުކޮށްލައި އަރާމު ކޮށްލާނީތޯ؟
މިއީ ހައްތަހާވެސް އޮފީހުގެ ފޫހި ކަން ދައް ކޮށް މަސައްކަތް ކުރުމަށް ފަސޭހަކުރުވާ ކަންތަކެވެ. މީގެ އިތުރުން ވެސް ކުރެވިދާ އެތައް ކަމެއް އެބައޮތެވެ.