logoEN
Sto top
މިރޭ ޕީއެސްޖީ އާއި ބާސާގެ ވަރުގަދަ ކުރިމަތިލުމެއް

މިރޭ ޕީއެސްޖީ އާއި ބާސާގެ ވަރުގަދަ ކުރިމަތިލުމެއް

16134192101642

ޗެމްޕިއަންސް ލީގު ދެވަނަ ބުރުގައި މިރޭ ފްރާންސްގެ ޕީއެސްޖީ އަދި ބާސެލޯނާ ވާދަކުރާނެއެވެ.

Wamco

ބާސެލޯނާ ގެ ދަނޑުގައި މިރޭ ކުޅެވިގެންދާ މިމެޗަކީ ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި ދެވަނަ ބުރުގެ އެންމެ ފޯރިގަދަ އެއް މެޗެވެ. އެންމެ ފަހުންވެސް މިދެ ޓީމު ކުޅެފައިވަނީ 16/17 ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައެވެ. އެ ފަހަރު ޕީއެސްޖީ އިން ބާސެލޯނާ އަތުން 4-0 މޮޅުވި އެވެ. އެކަމަކު ބާސެލޯނާ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުގެ މެޗުގެ ފަހު އަށް ވަރަކަށް މިނިޓް ތެރޭ ތިން ގޯލު ޖަހައި 6-1 އިން މޮޅުވެގެން ބާސެލޯނާ ވަނީ މުބާރާތުގެ ކުއާޓާ އިން ފުރުސަތު ހޯދައިފަ އެވެ.

މެޗާއި ބެހޭގޮތުން ދެޓީމުގެ ކޯޗުންވެސް ވާހަކަ ހުރީ ދާދި އެއް ގޮތަކަށެވެ. ބާސާ ގެ ކޯޗު ވަނީ މި ޓީމާއި މެދު ވަރަށް ބޮޑު އިތުބާރުކަމެއް އެބައޮތް ކަމަށާއި ޒުވާން ކުޅުންތެރިންނާ އެކު ޓީމު މި ވަގުތު އޮތީ ވަރަށް ރަނގަޅު ރޫހެއްގައި ކަމަށާއި އެ ޓީމަށް ބަލިނުކުރެވޭނެވަރުގެ ޓީމެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.

ބާސެލޯނާ އަށް ވުރެން މާ މޮޅު ޓީމެއް އަހަންނަކަށް ނުފެނޭ. މި ޓީމުގައި ބަދަލުކުރަން ޖެހޭ މާ ގިނަ ކަމެއް ނެތް. މި ތިބި ޒުވާން ކުޅުންތެރިން މަސައްކަތްކޮށްފިނަމަ ނުވާނެ ކަމެއް ނެތް. އެކަން ދަނޑުމަތީގައި އެބަ ފެނޭ،" ކޫމަން ބުންޏެވެ.

އަހަރެމެން ވިސްނަން ޖެހޭނެ ޓީމަކުން އެހާ މުހިއްމު ކުޅުންތެރިއަކު (ނޭމާ) ނުލައި ނުކުންނާނީ ކިހާ ތައްޔާރުވެގެންތޯ. އަހަރެންގެ އުއްމީދަކީ ދެތިން ހަފްތާ ފަހުން ދެ ވަނަ ލެގު ކުޅޭއިރު އޭނަ (ނޭމާ) އަށް މި މެޗުގައި ކުޅެވުން. އެއީ މޮޅު ކުޅުންތެރިން ކުޅެގެން ފުރިހަމަ މެޗެއް ފެންނާނީ،ކޫމަން އިތުރަށް ބުންޏެވެ.

މިރޭ މިމެޗު ފަށަން ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ދަންވަރު 1 ޖަހާއިރުއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside