
އެވިޑް ކޮލެޖުން ޒަމާނާ އެއްގޮތަށް އެމްބީއޭ ކޯސް ފަރުމާކޮށް ފުރުސަތު ހުޅުވާލައިފި
120027359_1496350617239795_4497988966108216453_o
އެވިޑް ކޮލެޖުން ހިންގަމުން އައި މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ކޯސް، މުރާޖައާކޮށް، ޒަމާނާ އެއްގޮތަށް ފަރުމާކޮށް ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތަށް ހުޅުވާލައިފި އެވެ.

އެމްބީއޭ ކޯހަށް އަލަށް އިތުރުކުރެވުނު މޮޑިއުލްތަކުގެ ތެރޭގައި "ލީޑަރޝިޕް އިފެކްޓިވްނަސް" ، "މެނޭޖީރިއަލް އިކޮނޮމިކްސް" އަދި "އީ-ބިޒްނަސް މެނޭޖްމެންޓް" ވެސް ހިމެނެ އެވެ.
އިތުރުކުރި މޮޑިއުލްތަކުގެ ތެރޭގައި "ލީޑާޝިޕް އިފެކްޓިވްނަސް" މޮޑިއުލްގެ ސަބަބުން ވަޒީފާގެ މާހައުލުގައި ކަންކަމަށް އިސްނެގުމާއި އަދި މަތީ ފަންތީގެ މަގާމުތައް އަދާކުރުމަށް ބޭނުންވާ ފަންނީ ގާބިލުކަމާއި ހުނަރުވެރިކަން ލިބުމުގެ މަގު، ދަރިވަރުންނަށް ފަހިވެގެންދާނެ ކަމަށެވެ.
ދުނިޔެއަށް ކުރިމަތިވެފައި މިވާ ބަލިމަޑުކަމުގެ ސަބަބުން، ދިރިއުޅުގެ ގިނަ ކަންކަން މިހާރު އޮންލައިންކޮށް ކުރުމަށް ވަނީ މަޖުބޫރުވެފައެވެ. އެގޮތުން "އީ-ބިޒްނަސް މެނޭޖްމެންޓް" މޮޑިއުލް އިން ކާމިޔާބުކަމާއެކު އޮންލައިންކޮށް ވިޔަފާރިކޮށް އަދި ބެލެހެއްޓުމުގެ ފަންނު އުނގަންނައި ދެވޭނެ ކަމަށް އެވިޑް ކޮލެޖުން ބުންޏެވެ.
އެ ކޮލެޖުން ބުނީ، މުޅި ދުނިޔެ އިންޓަނެޓުގެ ދުނިޔެއަށް ބަދަލުވެގެންދާއިރު، އެކަމަށް ދަރިވަރުން އަހުލުވެރި ކުރުވުމަކީ އެވިޑް ކޮލެޖުން ވަރަށް ބޮޑު އަހަމިއްޔަތެއް ދޭ ކަމެއް ކަމަށެވެ. އަދި "މެނޭޖީރިއަލް އިކޮނޮމިކްސް" މޮޑިއުލް އަކީ އިގްތިސާދަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް ވިޔަފާރީގެ ސްޓްރެޓެޖީތައް އެކުލަވާލައި ވިޔަފާރީގައި ކާމިޔާބު ހާސިލުކުރަން ބޭނުންވާ ފަންނުވެރިކަން ދަރިވަރުނަށް ދަސްކޮށްދެވޭނެ މޮޑިއުލްއެއް ކަމަށް ބުންޏެވެ.
އެވިޑް ކޮލެޖުގެ މެނޭޖްމަންޓުން ބުނި ގޮތުގައި އަލަށް ގެނައި ބަދަލުތަކާ އެކު މިކޯހަކީ ވާދަވެރި ވަޒީފާގެ މާހައުލަށް ތައްޔާރުވުމުގައި ހުރިހާ ގޮތަކުން ވެސް ދަރިވަރުންނަށް އެހީތެރިކަން ލިބިގެންދާނެ ފަދަ ކޯހަކަށް ވާނެ ކަމަށެވެ. މިކޯހުގެ ފައިނަލް ޕްރޮޖެކްޓުގެ ގޮތުގައި ދަރިވަރުންނަށް ތަފާތު އިލްމީ ދިރާސާކުރުމުގެ އިހްތިޔާރުތަކެއް ފަހިކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބިޒްނަސް ރިސާޗް ޑެސެޓޭޝަނެއް ލިޔުމާއި ސްޓްރެޓީޖިކް ކޮންސަލްޓިން ޕްރޮޖެކްޓެއް ހެދުމާއި އަދި ބޭނުންވާ ވިޔަފާރިއަކަށް ބިޒްނަސް ޕްރޮޕޯސަލް ހެދުމުގެ ފުރުސަތު ހިމެނެއެވެ.
އެމްބީއޭއަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އެވިޑް ކޮލެޖުން ވަނީ މިހާރު ހުޅުވާލާފަ އެވެ. މެއި މަހުގެ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ އިރު އޮންލައިން ލިންކެއް މެދުވެރިކޮށް އެޕްލައި ކުރެވޭނެ އެވެ.
ދެހާސް ފަސްވަނަ އަހަރު އުފެދިގެން އައި އެވިޑް ކޮލެޖަކީ، ހެޔޮއަގުގައި މަތީ ތައުލީމު ދިވެހިންނަށް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކޮލެޖެވެ. އަދި ހުވަދު އަތޮޅުގައި މި ކޮޮލެޖްގެ ބޮޑު ކެމްޕަސްއެއް ވަނީ ޤާއިމުކުރެވި މިހާރުވެސް ގިނަ ދަރިވަރުންތަކެއް ދަނީ ތައުލީމް ހާސިލްކުރަމުންނެވެ.
ރެޖިސްޓާ ކުރުމުގެ ފުރުސަތު : https://www.avidcollege.edu.mv/online-application-form/