logoEN
ޕީއެންސީ 2
މައުމޫން ވިދާޅުވަނީ އީދު ދުވަހަކީ މާދަމާ ކަމަށް!

މައުމޫން ވިދާޅުވަނީ އީދު ދުވަހަކީ މާދަމާ ކަމަށް!

އަހުމަދު ޝުރާއު

logo

4/20/2023, 7:51:14 AM

original_1677335978190

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޝައްވާލު މަހުގެ 1 ވާނީ މިމަހުގެ 21 ވާ ހުކުރު ދުވަހަށް ކަމަށް ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ޝަރީ 2024

ރައީސް މައުމޫން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިތުބާރު ހުރި ފަލަކީ ހިސާބު ކަށަވަރު ކޮށްދޭ ގޮތުގައި މި ހިނގާ 1444 ވަނަ އަހަރުގެ ރަމަޟާން މަސް ވާނީ 29 ދުވަހުގެ މަހަކަށް ކަމަށާއި އެގޮތަށް ދެންނެވީ މިމަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސުމަށްފަހު ވަރަށް ގިނަ އިސްލާމީ ގައުމުތަކަށް ހަނދު ނޯއްސި ހުންނާނެތީ ކަމަށެވެ.

މިގޮތުން ރާއްޖެއަށް މިއަދު އިރު އޮއްސޭނީ ހަވީރު 18:11 މިނެޓުގައި ކަމަށާއި ހަނދު އޮއްސެނީ 18:27 މިނެޓުގައި ކަމަށް މައުމޫން ވިދާޅުވިއެވެ. އެހެން ކަމުން އެދުވަހު އިރުއޮއްސުމަށްފަހު 16 މިނެޓުއިރު ރާއްޖެއަށް ހަނދު ނޯއްސި ހުންނާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.

މީގެ އިތުރުން މައުމޫން ވިދާޅުވީ:

މައްކާއަށް 24 މިނެޓު ހަނދު ނޯއްސި ހުންނާނެ

މިސްރަށް 27 މިނެޓު ހަނދު ނޯއްސި ހުންނާނެ

އިންޑޮނޭޝިއާގެ ޖަކާޓާއަށް 9 މިނެޓް ހަނދު ނޯއްސި ހުންނާނެ

ތުރުކީއަށް 31 މިނެޓު ހަނދު ނޮއްސި ހުންނާނެ

މޮރޮކޯގެ ރަބާތަށް 35 މިނެޓު ހަނދު ނޯއްސި ހުންނާނެ

ދެކުނު އެފްރިކާގެ ކޭޕް ޓައުނަށް 13 މިނެޓު ހަނދު ނޯއްސި ހުންނާނެ

އާޖެންޓީނާގެ ބުއެސޮން އެއާރީސްއަށް 20 މިނެޓު ހަނދު ނޯއްސި ހުންނާނެ

އެހެން ކަމުން މިއަހަރުގެ ޝައްވާލު މަހުގެ 1 ވާނީ ފަލަކީ ހިސާބުން ދައްކާ ގޮތުގައި މިއޭޕްރިލް މަހުގެ 21 ވާ ހުކުރު ދުވަހަށް ކަމަށް މައުމޫން ވިދާޅުވިއެވެ.

ރާއްޖެއަށް ރަސްމީކޮށް ހަނދު ސާބިތުކުރުން އޮންނާނީ މިރެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ