logoEN
cocacola
ފިޔޯރީ ކައުންސިލް ފޭސް ޤުރުއާން މުބާރާތް 1444، ކާމިޔާބުކަމާއެކު ނިންމާލައިފި

ފިޔޯރީ ކައުންސިލް ފޭސް ޤުރުއާން މުބާރާތް 1444، ކާމިޔާބުކަމާއެކު ނިންމާލައިފި

އައިޝަތު އިފާޝާ

logo

4/19/2023, 4:43:16 PM

342024127_206103085475737_9030610963804822542_n

"ފިޔޯރީ ކައުންސިލް ފޭސް ޤުރުއާން މުބާރާތް 1444" ކާމިޔާބުކަމާއެކު ނިންމާލައި، ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމާއި ސެޓިފިކެޓު ހަވާލުކޮށްފިއެވެ.

ގޮސިޔާ

މިމުބާރާތުން އެއްވަނަ އަށް ގޮސްފައިވަނީ، ގދ ފިޔޯރީ/ އަންނާރުމާގެ ޢާއިޝަތު އާޝާ ޢަބްދުއްރަޙްމާން އެވެ. އަދި މުޅި މުބާރާތުން 2 ވަނަ ގދ/ ފިޔޯރީ/ ރީފްވިއު، އާއިޝަތު ރީޝާ ޖަޒީލް ހޯދާފައިވާއިރު، މުބާރާތުގެ 3 ވަނައަށް ހޮވިފައިވަނީ ގދ. ފިޔޯރީ/ ސޯސަންގެ، މަރްޔަމް ޖަނާން ނަޒީފްއެވެ.

undefined

އެގޮތުން މުބާރާތުގެ އެއްވަނައަށް ދިޔަ ފަރާތަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، 2 ވަނައަށް ދިޔަ ފަރާތަށް ވަނީ 7،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. އަދި 3 ވަނައަށް ދިޔަ ފަރާތަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވެއެވެ.

undefined

މި މުބާރާތުގެ ފައުންޑޭޝަން ސްޓޭޖް، ޖީސްޓޭޖް 1، ކީސްޓޭޖް 2، ކީސްޓޭޖް 3، ކީ ސްޓޭޖް 4 އިން ވަނަވަނައަށް ހޮވުނު ކުދިންނާއި ފައުންޑޭޝަން ސްޓޭޖް އިން ނުބަލައި ކިޔުމުގައި ބައިވެރިވި ކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން ވަނީ އިނާމް ދީފައެވެ.

މިމުބާރާތުގައި ބައިވެރިވި އަވަށްތަކުގެ ތެރެއިން އެއްވަނައަށް ހޮވިފައިވަނީ ކަރަންކާ އަވަށެވެ.

undefined

މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ޖުމްލަ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ބަޔާއި، ނުބަލައި ކިޔެވުމުގެ ބައެވެ. މިމުބާރާތުގެ އުމުރުފުރާތައް ބަހާލާފައިވަނީ، 5 ބަޔަކަށެވެ. އެއީ ކީސްޓޭޖް 1، ކީސްޓޭޖް 2، ކީސްޓޭޖް 3، ކީސްޓޭޖް 4 އަދި 16 އަހަރުން މައްޗަށެވެ.

undefined

މިމުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވީ އިސްލާމިކް ޔުނިވަރސިޓީގައި މަސައްކަތް ކުރައްވާ 3 ބޭފުޅެކެވެ. އެގޮތުން އަލްހާފިޒް އަލްޤާރީ އިބްރާހީމް ޒުހައިރު ،އަލްހާފިޒް އަލްޤާރީ އިބްރާހީމް ރަމްޒީ ގެ އިތުރުން އަލްޤާރީ އިބްރާހީމް ޝިފާއު ވަނީ މިމުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާފައެވެ.

މި މުބާރާތަކީ ގދ. ފިޔޯރީ ކައުންސިލާއި އެރަށުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާއެއް ކަމަށްވާ ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެމްޕަވަމަންޓް (ފޭސް) ގުޅިގެން ކޮންމެ އަހަރަކުވެސް ރަމަޟާން މަހެއްގައިވެސް ފިޔޯރީގެ އަވަށްތަކުގެ މެދުގައި ބާއްވަމުން އަންނަ ޤުރުއާން މުބާރާތެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ