logoEN
cocacola
ޗެމްޕިއަންސް ލީގު ދެވަނަ ބުރުގެ މެޗުތަށް މިރޭ

ޗެމްޕިއަންސް ލީގު ދެވަނަ ބުރުގެ މެޗުތަށް މިރޭ

އަހުމަދު ޝުރާއު

logo

2/16/2021, 12:02:14 PM

skysports-champions-league_4861512

ދުވަސްތަކަކަށް ފަހު ޗެމްޕިއަންސް ލީގުގު ދެވަނަ ބުރުގެ މެޗުތަށް މިރޭ ފަށާނެއެވެ.

ގޮސިޔާ

ދެވަނަ ބުރުގެ މެޗުތަކަށް ބަލާއިރު ގްރޫޕް އޭ ގެ ދެވަނަ ޓީމް އެތްލެޓިކޯ މެޑްރީޑް ވާދަކުރާނީ ގްރޫޕް އީ ގެ އެއްވަނަ ޓީމް ޗެލްސީއާއި އެވެ. އަދި ގްރޫޕް ބީ ގެ ދެވަނަ ޓީމް ބްރޯޝިޔާ މޮންޗެލަޑްބެކް ވާދަކުރާނީ ގްރޫޕް ސީ ގެ އެއްވަނަ ޓީމް މެންޗެސްޓާރ ސީޓީއާއި އެވެ. ގްރޫޕް އެފް ގެ ދެވަނަ ޓީމް ލާޒިއޯ ވާދަކުރާނީ ގްރޫޕް އޭ ގެ ޗެމްންޕިއަން އަދި މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންސް ވަރުގަދަ ބަޔާން މިޔުނިކްއާއި އެވެ.

ވާދާވެރި ގްރޫޕް ބީ ގެ އެއްވަނަ ޓީމް ރެއާލް މެޑްރިޑް ވާދަކުރާނީ ގްރޫޕް ޑީ ގެ އެޓްލާންޓާއި އެވެ. އަދި ގްރޫޕް އީ ގެ ދެވަނަ ޓީމް ސްޕެއިން ގެ ސެވިއްޔާ ވާދަކުރާނީ ގްރޫޕް އެފް ގެ އެއްވަނަ ޓީމް ޖަރުމަން ގެ ބްރޯޝިއާ ޑޯޓްމަންޑާއި އެވެ. ގްރޫޕް ޖީ ގެ އެއްވަނަ ޓީމް އިޓަލީގެ ޔުވެންޓާސް ވާދަކުރާނީ ގްރޫޕް ސީ ގެ ދެވަނަ ޓީމް ޕޯރޓޯ އެފްސީ އާއި އެވެ.

ގްރޫޕް ޑީ ގެ ޗެމްޕިއަންސް ލިވަޕޫލް ވާދަކުރާނީ ޖަރުމަން ގެ އާރްބީ ލެޕްޒިގް އާއި އެވެ. އަދި ގްރޫޕް ޖީ ގެ ދެވަނަ ޓީމް ފުޓްބޯޅަ ކްލަބް ބާސެލޯނާ ވާދަކުރަނީ ގްރޫޕް އެޗް ގެ އެއްވަނަ ޓީމް އަދި ފްރާންސް ގެ ޕީއެސްޖީ އާއި އެވެ.

މިރޭ ކުޅެން ހަމަޖެހިފައިވަނީވެސް ވަރުގަދަ މެޗުތަކެކެވެ. އެއީ ބާސެލޯނާ އަދި ޕީއެސްޖީ އާއި ރެޑްބުލް ލިޕްޒިގް އަދި ލިވަޕޫލް އެވެ. މި ދެ މެޗުވެސް ކުޅެން ހަޖެހިފައިވަނީ ރާއްޖެ ގަޑިން ދަންވަރު 1 ޖަހާއިރުއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ