
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އެމްޑީޕީ ކެނޑިޑޭޓަށް އެމްއެންޕީން މަރުހަބާ ދަންނަވައިފި
l_2022_09_24_011630_6qomra5hjx9bt1zes4y7p23ufvicdlgwn8k_EN_
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީ ކެނޑިޑޭޓަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން މަރުހަބާ ދަންނަވައިފިއެވެ.

މިއަދު ބޭއްވި އެދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީ ކެނޑިޑޭޓް، އިބްރާހިމް ޝާޒު، ފައިވްރޯސް ކ.ގުރައިދޫ ކާމިޔާބުކުރެއްވީ 1346 ވޯޓުންނެވެ. މިއިންތިޚާބުގައި އެމްޑީޕީގެ އިތުރުން ޕީޕީއެމް އަދި އެމްއެންޕީއިންވެސް ވަނީ ކުރިމަތިލާފައެވެ. ޕީޕީއެމް ކެނޑިޑޭޓް ޙުސައިން ރިޟާ އާދަމް އަށް ލިބިވަޑައިގަތީ 1226 ވޯޓެވެ. އަދި އެމްއެންޕީ ކެނޑިޑޭޓް އަލީ އަރީފްއަށް ލިބިވަޑައިގެންނެވީ 122 ވޯޓެވެ.
އިންތިޚާބުގައި ވާދަކޮށް ކާމިޔާބު ނުކުރެވުނު ނަމަވެސް އެމްއެންޕީން މިވަނީ ނަމޫނާ ދައްކައި އިންތިޚާބު ކާމިޔާބު ކުރެއްވި ކެނޑިޑޭޓަށް މަރުޚަބާ ދަންނަވާފައެވެ. އަދި މި އިންތިޚާބުގައި އެމްއެންޕީގެ ކެނޑިޑޭޓަށް ތާއީދުކޮށް ވޯޓުދެއްވި އެންމެހާ ފަރާތްތަކަށް އެމްއެންޕީން ވަނީ ޝުކުރުދަންނަވާފައެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ، އެދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރިޒާ ނިޔާވުމާއި ގުޅިގެންނެވެ. މި އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވީ އިބްރާހިމް ރިޒާގެ ކޮއްކޮއެވެ.