
media-visual-1536x864
ކަސްޓަމަރުންގެ ބޭނުވާގޮތަށް ކަސްޓަމައިޒް ކުރެވޭ މޯބައިލް ޕޯސްޓްޕެއިޑް ޕްލޭނެއް ދިރާގުން ތައާރަފުކޮށްފި އެވެ.

ރޭ ބޭއްވި ވާޗުއަލް އިވެންޓެއްގައި "އަމިއްލަ ޕޯސްޓްޕެއިޑް"ގެ ނަމުގައި ތައާރަފު ކުރި މި ޕްލޭނާއެކު ޕޯސްޓްޕެއިޑް މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވޮއިސް އާއި ޑޭޓާ ބޭނުން ގޮތަކަށް ކަސްޓަމައިޒްކޮށްލެވޭނެއެވެ.
މި ޕްލޭނާއެކު އެ ކުންފުނިން މުޅިން އަލަށް ތައާރަފުކުރި "ވެލިއު ޕްކެސް"ގެ ސަބަބުން ކަސްޓަމަރުން ފޯނު ބޭނުން ކުރާ މިންވަރަށް ބަލައި ބޭނުންވާ ޕެކެއް ހިޔާރު ކުރެވޭނެ އެވެ. މީގެތެރޭގައި ޗެޓާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކާއި ވޮއިސް އާއި ޑޭޓާ އަދި މުޅިން އާ ސްޓްރީމިން އެޑްއޮންސްތައް ވެސް ހިމެނެއެވެ. ސްޓްރީމިންގެ އެޑްއޮންސް ތަކުގެ ތެރޭގައި ދިރާގު ޓީވީ އާއި ދިރާގު ޕްލޭ އާއި ނެޓްފްލިކްސް އާއި އެމޭޒަން ޕްރައިމް އާއި ޔޫޓިއުބް އަދި ޓިކްޓޮކް ހިމެނެއެވެ.
ހަމައެއާއި އެކު ރާއްޖެއިން ބޭރަށް ކުރާ ކޯލްތަކަށް ހާއްސަކޮށް އައިޑީޑީ ވެލިއު ޕެކުތައް ވެސް ވަނީ ހިމަނައިފަ އެވެ.
ދިރާގުން ވަނީ ޕޯސްޓްޕެއިޑް ހިދުމަތަކުގެ އިތުރުން ހޯމް ފައިބާ ބްރޯޑްބޭންޑާއި ބިޒް ފައިބާ ބްރޯޑްބޭންޑް އަދި ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. މި ބަދަލުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ގެނައި ބަދަލުތަކެއް ކަމަށް ދިރާގުން ބުންޏެވެ.