
FtMbZKyaMAEN6e5
އުނދަގޫ ކަންތައް ކުރުމަކީ ގިނަ ބަޔަކު ވަރަށް ޝައުގުވެރިވާ ކަމެކެވެ. އެގޮތުން މީސްމީޑިއާގައި އާންމުކޮށް ދައުރުވަމުންދާ ބައެއް ފޮޓޯތަކުން ފޮރުވިފައިވާ އެއްޗެހި ހޯދައި އުޅުމަކީ ގިނަ ބަޔަކު ވަރަށް ކުރާހިތުން ކުރާ ކަމެކެވެ.

އެގޮތުން މިފަދަ ބައެއް ފޮޓޯތަކުގައި ފޮރުވިފައިވާ އެއްޗެއް ހޯދުމަށް ވަގުތެއް ކަނޑައަޅައި އެވަގުތުގެ ތެރޭގައި ނުފެނިދެއެވެ. ނަމަވެސް ތަސްވީރުތަކުން އެއްޗެހި ހޯދުމަކީ ގިނަ ބަޔަކަށް ފަސޭހަ ކަމެކެވެ. ކަނޑައެޅިފައިވާ ވަގުތަށްވުރެ ކުރިންވެސް ގިނަ ބަޔަކު އެ ފޮރުވިފައިވާ އެއްޗެއް ހޯދައި ޗެލެންޖު ފުރިހަމަކަމާއެކު ނިންމާލައެވެ.
މިފަހަރުވެސް މިއޮތީ އެފަދަ ކަމެކެވެ. މި ފޮޓޯގައި މިވަނީ ގިނަ އަދަދެއްގެ ބަކަމޫނު ތަކެކެވެ. އަދި އެ ތަސްވީރުގައި ބަކަމޫނުތަކުގެ ތެރޭގައި ބުޅަލެއްގެ ފޮރުވިފައިވެއެވެ.
ބައެއް މީހުންނަށް ވަރަށް ފަސޭހަކަމާއެކު ބުޅާ ފެނިގެންދެއެވެ. އަނެއް ބަޔަކު އެކަމަށް ވަރަށް ގިނަ ވަގުތު ހޭދަކޮށްގެންވެސް ބުޅާ ފެންނަ ގޮތެއް ނުވެއެވެ.