logoEN
Sto top
ގިނަ ގިނައިން އިޚްތިލާފްވެ، އަރައިރުންވާނަމަ، ޣްައިރު މުސްލިމުންނަށް އިސްލާމްދީން ފެންނާނީ ހުތުރު ދީނެއްގެ ގޮތުގައި - އައްޝައިޚް ޙުސައިން

ގިނަ ގިނައިން އިޚްތިލާފްވެ، އަރައިރުންވާނަމަ، ޣްައިރު މުސްލިމުންނަށް އިސްލާމްދީން ފެންނާނީ ހުތުރު ދީނެއްގެ ގޮތުގައި - އައްޝައިޚް ޙުސައިން

އައިޝަތު އިފާޝާ

logo

4/8/2023, 2:34:30 PM

Sheikh Hussain

ގިނަ ގިނައިން އިޚްތިލާފްވެ، އަރައިރުންވާނަމަ ޣައިރު މުސްލިމުންނަށް އިސްލާމްދީން ފެންނާނީ ހުތުރު ދީނެއްގެ ގޮތުގައިކަމަށް އައްޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދު ވިދާޅުވެއްޖެއެވެ.

Wamco

ޝައިޚް މިހެން ވިދާޅުވީ “އިޚްތިލާފީ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ޝަރުޢީ މިންގަނޑު” މި މައުޟޫއަށް އިހްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ.

ހއ. ހޯރަފުށީގައި ކުރިއަށް ގެންދިޔަ 10 ވަނަ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވާފައިވަނީ އައްޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދުގެ އިތުރުން އައްޝައިޚް ޢަބްދުލް ޤާދިރެވެ.

މިމައުޟޫޢަށް ތަޤްރީރުކުރައްވަމުން އައްޝައިޚް ޙުސައިން ވިދާޅުވީ އިސްލާމްދީނުގައި ވަނީ އަޅުގަނޑުމެން، އެކީ އެއްބައެއްގެ ގޮތުގައި އުޅުމަށް އަމުރުކުރައްވާފައިކަމަށެވެ. ފިކުރީ އިޚްތިލާފްތަކަށް ބައްލަވައި ޝައިޚް ޙުސައިން ވިދާޅުވީ ކީރިތި ރަސޫލާ ﷺ ގެ ސުންނަތުން އަންގަވާފައިވާ ކަންކަމުގައި ފިކުރީ އިޚްތިލާފް އުފެދިފައި ނުވާކަމަށެވެ. އަދި ދީނުގެ ބޮޑެތި ކަންކަމުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަންކަމުގައިވެސް ޚިލާފު އުފެދިފައި ނުވާކަމަށެވެ. ރަސޫލާ ﷺ ގެ ފަހުން ވަރަށް ގިނަ ޚިލާފުތައް އަންނާނެކަމަށް އެކަލޭގެފާނު ހަދީޘް ކުރައްވާފައިވާކަމަށާއި އެހެންނަމަވެސް އެކަމުގައި އޮތީ އެކަލޭގެފާނުގެ ސުންނަތާއި ޚަލީފާއިން އުޅުއްވި ގޮތުގައި ވަރުގަދައަށް ހިފައިގެން ތިބުން ކަމަށެވެ. މިކަން މީގެ އެތައް ޒަމާނެއް ކުރިން ރަސޫލާ ﷺ ވަނީ ބަޔާންކުރައްވާފައިކަމަށް ވިދާޅުވިއެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ޢަބްދުލް ޤާދިރު ވިދާޅުވީ ކީރިތި ޤުރުއާނުގައި އިންސާނާ ހައްދަވާފައިވާގޮތް ވަރަށް ތަފްސީލުކޮށް ބަޔާންކުރައްވާފައިވާކަމަށެވެ. އެގޮތުން އިންސާނުން ހައްދަވާފައިވަނީ ތަފާތު އެކިއެކި ބަސްބަހުން ވާހަކަދައްކާ ބައެއްގެ ގޮތުގައި ކަމަށާއި އިންސާނުން ހައްދަވާފައިވަނީ ތަފާތު ކުލަތަކުގައިކަމަށެވެ. މިކަމުން އެނގެނީ އަޅުގަނޑުމެންގެ ތެރޭގައި ތަފާތު ހުންނާނެކަން ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އެ ތަފާތުތަކާ ނުލާ ނޫޅެވޭނެކަމާއި އެ ޚިލާފްތައް އަޅުގަނޑުމެންގެ ތެރޭގައި އަންނާނެކަން ޤަބޫލުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. ޝައިޚް ޢަބްދުލް ޤާދިރު ވަނީ މުޖުތަމައުގެ ތެރޭގައި ޚިލާފްއުފެދޭ ކަންތައްތަކަށް ބައްލަވައި އޭގެ ތެރެއިން އެއްކަމަކީ ޢަޤީދާގައި ހިމެނޭ ޚިލާފްކަމަށާއި އަޤީދާގައި ހިމެނޭ ޚިލާފްތަކާ ވަރަށް ބޮޑަށް ދުރުވާންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ޚިލާފްއުފެދެން މެދުވެރިވާ ސަބަބުތަކާއި ޚިލާފް އުފެދޭ މައްސަލަތަކުގައި ޢަމަލުކުރަންވީ ގޮތާއި މިފަދަ މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތް ތަފްސީލުކޮށްދެއްވިއެވެ.

މި ފޯރަމްގައި ދެ ބޭފުޅުންވެސް ވަނީ ޚިލާފީ މައްސަލަތަކާމެދު ވަރަށް ތަފްސީލުކޮށް ބައްލަވައި މިސާލުތައް ދައްކަވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside