logoEN
Sto top
ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމްގެ އިސްތިއުނާފް ބަލައިގެންފި

ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމްގެ އިސްތިއުނާފް ބަލައިގެންފި

އައިޝަތު އިފާޝާ

logo

4/4/2023, 3:32:07 PM

Raees-Yaamen

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފް ހައިކޯޓުން ބަލައިގެންފިއެވެ.

Wamco

ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް، ރިިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގ ދައުވާ ސާބިތުވެ، 11 އަހަރަށް ޖަލަށްލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް މިދިޔަ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހު ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލަ ޔާމީންގެ ފަރާތުން މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ކޯޓުގައި އިސްތިއުނާފްކުރިއެވެ. ނަމަވެސް އިސްތިއުނާފްގައި ހުރި ބައެއް ކަންކަން އިސްލާހުކުރުމަށް އެންގުމުން، އެކަންކަން އިސްލާހުކުރުމަށްފަހު މިދިޔަމަހުގެ ތެރޭގައި މައްސަލަ ވަނީ އަލުން ހައިކޯޓަށް ހުށަހަޅާފައެވެ.

ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފްގެ މައްސަލަ އެކޯޓުގައި ރަޖިސްްޓްރީކޮށްފައިވާކަމަށް ހައިކޯޓުން ވިދާޅުވި، ނަމަވެސް މައްސަލައިގެ އަޑުއެހުންތައް ފަށާނެ ދުވަހެއް ހާމައެއް ނުކުރެއެވެ.

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމުގެ މައްޗަށްވެސް ވަނީ ކުށް ސާބިތުވެ، 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC