logoEN
cocacola
އިންތިހާބު %80 ވުރެ މަތިން ކާމިޔާބު ކުރާނަން - ރައީސް

އިންތިހާބު %80 ވުރެ މަތިން ކާމިޔާބު ކުރާނަން - ރައީސް

RAEES

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު، 80 ޕަސެންޓަށް ވުރެ މަތިން ކާމިޔާބު ކުރާނީ އެމްޑީޕީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

އެމްޑީޕީގެ 172 ވަނަ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ކާމިޔާބު ކުރުމަށްޓަކައި ކުރިޔަށް އޮތް އިންތިހާބު ކާމިޔާބު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީ އަބަދު ވެސް އޮންނާނީ އިންތިޚާބަށް ތައްޔާރަށް ކަން ވިދާޅުވާން ކެރިވަޑައިގަންނަވާ ކަމަށް ރައީސް ވަނީ އިތުރަށް ފާހަގަ ކުރައްވާފައެވެ.

އެންމެ ފަހުގެ ރިޔާސީ އިންތިޚާބުވިޔަސް ރައްޔިތުންގެ މަޖިލިސް އަދި ލޯކަލް ކައުންސިލާއި ޕާޓީގެ އެތެރޭގެ އިންތިޚާބަކަށް ވިއަސް އެމްޑީޕީއަކީ ކެމްޕެއިންތަކަށް ފަރިތަ ޕާޓީއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ވެރިކަމުގައި ތިބެ ކެމްޕެއިން ކުރަންޖެހޭ ގޮތާއި އިދިކޮޅުގައި ތިބެ ކެމްޕެއިން ކުރާއިރު ބޮޑުތަނުން ތަފާތުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ވެރިކަމުގައި ތިބެ ކުރާނީ ރައްޔިތުންނަށް ބޭނުންވާ ކަންކަމުގެ ސުވާލުކަމަމަށާއި އަދި އެއާ ހިލާފަށް އިދިކޮޅުގައި އޮންނައިރު ސުވާލުތައް އަންނަ ގޮތް ތަފާތުވާނެ ކަމަށެވެ. ވޭތުވެދިޔަ 2 އަހަރު ދަތި އުނދަގުލުގައިވެސް އެކި ދާއިރާގައި ގިނަ މަސައްކަތް ކުރެވިފައިވާކަން ފާހަގަކޮށް އެމަނިކުފާނު ވިދާޅުވީ، އެކަންކަން އިންތިހާބުގެ ކެމްޕެއިން ދުވަސްވަރުގައި ރައްޔިތުންނަށް ދައްކަމުން ގެންދާނެކަމަށެވެ.

ކެމްޕެއިންގައި ބައިވެރިވުމަށް ވަގުތު ހުސްކުރަން ތައްޔާރަށް ހުންނެވިކަން ފާހަގަކުރައްވާ ރައީސް ވަނީ ހާއްސަ ޅެން ބައިތެއް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ޕާޓީގެ އަމާޒަކީ، ލާމަރުކަޒީ ނިޒާމު ފުރިހަމަ ކޮށްދިނުން

ޕާޓީގެ އެދުމާއި އަޒުމަކީ ނިޔަތާއި ދުލުން، ވާތީ އަބަދުވެސް ބާރުލާ ކަމަކަށް ވުމުން

ޗާލުވި ރަން ފަތިހަކަށް ހޮވި އަލިވަނީ"

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ