
NRH1KAEkSZhSzrnvdkG7
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް މ.ފެހި އަލި، ޝާޒްލީ ޝަފީގް އައްޔަންކޮށްފިއެވެ.

އެސްޖީގެ މަގާމަށް ޝާޒްލީ ޝަފީގް އައްޔަންކުރީ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ ޖަލްސާގައެވެ. ޝާޒްލީ މިމަގާމަށް އައްޔަން ކުރެވުނީ މިރޭ ބޭއްވުނު އެމްޑީޕ ޤައުމީ މަޖިލީހުގެ 172 ޖަލްސާގައި ބައިވެރިވި 99 މެމްބަރުންގެ ތެރެއިން 90 މެމްބަރުންގެ ވޯޓާއި އެކު ބޮޑު އަގުލަބިއްޔަތަކުންނެވެ.
16 ޑިސެމްބަރު 2020 ގައި، އެސްޖީގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، އެ މަގާމަށް ކުރިމަތިލި ހަމައެކަނި ފަރާތަކީ ޝާޒްލީ ޝަރީފް އެވެ.
އެމްޑީޕީއަށް އާ އެސްޖީ އަކު އައްޔަން ކުރަން ނިންމީ އެމްޑީޕީގެ މިހާރުގެ އެސްޖީ އަނަސް އަބްދުއްސައްތާރު އަކީ މާލެ ސިޓީ މޭޔަރ ކަމަށް ވާދަ ކުރައްވާ ކެނޑިޑޭޓަކަށް ވުމާއި، ޑެޕިއުޓީ އެސްޖީވެސް ވަކިވެވަޑައިގެންފައިވާތީއެވެ.
ޝާޒްލީއަކީ މީގެ ކުރިންވެސް ޕާޓީގެ އެސްޖީކަން ކުރައްވާފައިވާ ބޭފުޅެކެވެ.