


.jpg?w=3840&q=75)



.jpeg?w=3840&q=75)

220196_3_c2e834c748dc58b2d83db3c346a5d4003b941909_medium
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ލީޑަރުގެ އެޑްވައިޒަރު ކަމުގައި ހުންނެވި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް އެޑްވައިޒުގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުކަމުން އިސްތިއުފާދެއްވައި އާޒިމް ވަނީ ގާސިމް އިބްރާހިމްއަށް ސިޓީ ހުށަހަޅާފައެވެ.
އާޒިމް ވިދާޅުވީ، ރިޔާސީ ދެވަނަ ދައުރަކަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހް އިންތިހާބު ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުކަމުން އިސްތިއުފާދީފައިވާ ކަމަށެވެ.
ގާސިމްގެ އެޑްވައިޒަރު ކަމުން އިސްތިއުފާދެއްވުމަށްފަހު އާޒިމް މަސައްކަތްކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެވަނަ ދައުރަކަށް އިންތިހާބުކުރުމަށް ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރުމަށް ނިންމާފައިވާއިރު އެޕާޓީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށެވެ. އެއީ ޖޭޕީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލި ފުރުސަތު ހަމަވިއިރު އިތުރު އެހެން ބެފުޅަކު ކުރިމަތިލައްވާފައިނުވާތީއެވެ. އަދި ޖޭޕީން އަންނަނީ ރައީސް ނަޝީދުއާއި އެމަނިކުފާނަށް ތާއީދުކުރައްވާ "ފިކުރެއްގެ ދިރުން" އާއި ގުޅިގެން މެނިފެސްޓޯ ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރައްވަމުންނެވެ.



.jpg?w=3840&q=75)



.jpg?w=3840&q=75)
