އެގްރޯނެޓްގެ އެމްޑީ ހާރޫން އެމްއެފްއެމްސީއަށް ބަދަލުކޮށްފި

އެގްރޯ ނޭޝަނަލް ކޯޕަރޭޝަން، އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން ހާރޫން ރަޝީދު އެހެން ކުންފުޏަކަށް  މިއަދު ބަދަލުކޮށްފި އެވެ.

ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް އުފައްދާފައިވާ އެގްރޯނެޓަކީ، ސަރުކާރު ކުންފުންޏެއްކަމަށްވާ މޯލްޑިވްސް ފަންޑް މެނޭޖްމެންޓު ކޯޕަރޭޝަން، އެމްއެފްއެމްސީގެ ދަށުން ހިންގާ ކުންފުންޏެކެވެ. އޭނާ ބަދަލުކުރީ އެމްއެފްއެމްސީއަށެވެ.

ނަމަވެސް އޭނާ ހަމަޖައްސާފައިވަނީ ކޮން ވަޒީފާއަކަށްކަމެއް ހާމަކޮށްފައެެއް ނުވެއެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަން، އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން ހާރޫން ވަކިކުރިކަން އޭނާ ވަނީ ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް