
viber_image_2023-03-30_13-52-33-744
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ރިހެބިލިޓޭޝަން ފްރޭމްވަރކްގައި ބައިވެރިވެފައިވާ ޤައިދީންނަށް، ރަމަޟާން މަހަށް ޚާއްސަކޮށް ޤުރުއާން މުބާރާތެއް މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ.

މި މުބާރާތް އިފްތިތާހްކޮށްދެއްވީ މާފުށީ ޖަލުގެ ޑައިރެކްޓަރ އޭއެސްޕީ އަޙްމަދު ޖާދުﷲއެވެ. މީގެ އިތުރުން މާފުށީ ޖަލުގެ ސީނިއަރ މެނޭޖްމަންޓް މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.
30 މާރޗް 2023 ން 3 އޭޕްރިލް 2023 ށް ކުރިއަށްދާ މި މުބާރާތުގައި 14 ފިރިހެން ޤައިދީންނާއި 13 އަންހެން ޤައިދީން ބައިވެރިވެފައިވެއެވެ. މިއީ ކަރެކްޝަންސްއިން ގައިދީންނަށް ބާއްވާ ފުރަތަމަ ގުރުއާން މުބާރާތެެވެ.
މި މުބާރާތުގައި ބަލައިގެން ކިޔުމުން ދެ ޖިންސުގެ ބައިވެރިންގެ ތެރެއިން ވަކިން އެންމެ މޮޅު ތިން ވަނަ ހޮވައި، ދެ ބައި އެއްކޮށްލާ އެންމެ މޮޅު ދިހަ ބައިވެރިން ހޮވާނެއެވެ. އަދި އޭގެ ތެރެއިން މުޅި މުބާރާތުގެ އެންމެ މޮޅު ތިން ކިއުންތެރިން ހޮވާނެއެވެ.
މި މުބާރާތުގެ ވަނަތައް ހާޞިލުކުރާ ބައިވެރިންނަށް ރަން، ރިހި އަދި ލޯ މެޑަލް އާއި ސެޓްފިކެޓް ހަވާލުކުރުމަށް ވަނީ ނިންމާފައެވެ.
މުޅި މުބާރާތުން އެންމެ މޮޅު ތިން ވަނަ ލިބޭ ބައިވެރިންނަށް މެޑަލް އާއި ސެޓްފިކެޓްގެ އިތުރުން ޕްލާކްއެއް ލިބޭނެއެވެ. މީގެ އިތުރުން މުބާރާތުގެ ހުރިހާ ބައިވެރިންނަށް ގިފްޓް ޕެކެއް ދެވޭނެއެވެ.
ޤައިދީންނަށް އަމާޒުކޮށްގެން މިފަދަ ހަރަކާތްތައް ހިންގުމަކީ އެ ފަރާތްތަކުގެ ހިތުގައި ކީރީތި ޤުރްއާނަށް ލޯބި އިތުރުވެ، އިސްލާމީ އަގީދާ ހަރުދަނާވުމުގެ އިތުރުން ރިހެބިލިޓޭޝަނަށް ލިބޭ ބޮޑު ހިތްވަރެކެވެ.