logoEN
ކޮކާކޯލާ
މަސްތުވާތަކެތީގެ މައްސަލައެއްގައި ޕެސްޓް ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ޕެސްޓް ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

2/14/2021, 3:07:11 PM

maxresdefault (1)

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު ރާއްޖޭގެ ރެޕް އިންޑަސްޓްރީގެ އެންމެ އުހުގައި އުޅޭ ލަވަކިޔުންތެރިޔާ ، އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ހައްޔަރުކޮށްފިއެވެ.

އަބުޅޯ

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި ގޮތުގައި ، ފުލުހުންނަށް ލިބުނު އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން ރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން އަތުން 2.5 ކިލޯގެ މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެހެން ނަމަވެސް ފުލުހުން ހައްޔަރުމީހުންގެ ވަނަވަރު ހާމަކޮށްފައި ނުވެއެވެ.

" ގާފު " އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ޕެސްޓް ހިމެނެއެވެ. އަދި މިއަދުގެ ވަގުތެއްގައި ބަންދާއި މެދު ގޮތެއް ނިންމުމަށް ހައްޔަރުކުރި ހަތަރު މީހުންވެސް ކޯޓަށް ގެންދާނެ ކަމަށްވެއެވެ.

ރާއްޖޭގެ ރެޕް ކިންގް ނުވަތަ ރެޕް ރަސްގެފާނުގެ ލަގަބު ލިބިފައިވާ ޕެސްޓް އެންމެ ފުރަތަމަ މަޝްހޫރުވެގެން ދިޔައީ 2011 ވަނަ އަހަރު ނެރުނު ރެޕް ލަވަ " ރީތި ކުދިން" އިންނެވެ. އަދި މިހާރު ޕެސްޓަކީ މަގުބޫލު މިއުޒިކް ލޭބަލް، ސިމްބޮލިކް ރެކޯޑްސްގެ އެންމެ މުހިންމު އެއް ފަންނާނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ