logoEN
Sto top
ގާސިމް ރިޔާސީ ރޭހަށް ނުކުންނަވައިފި

ގާސިމް ރިޔާސީ ރޭހަށް ނުކުންނަވައިފި

އަލްފާ އަލީ

logo

3/30/2023, 12:55:12 PM

Gasim

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވައިފި އެވެ.

Wamco

ރާއްޖޭގެ ތިންވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ ޖުމްހޫރީ ޕާޓީގެ ނިމިދިޔަ ގައުމީ ކޮންފަރެންސުން ވަނީ މިއަހަރު އޮންނަ ރިޔަސީ އިންތިހާބުގައި އެޕާޓީން ނުވަތަ އެޕާޓީ އިސްވެ އޮވެ ހަދާ ކޯލިޝަނަކުން ވާދާކުރުމަށް ހުށަހެޅި ގަރާރު ފާސްކޮށްފައެވެ. ގައުމީ ކޮންފަރެންސަށް މި ގަރާރު ހުށަހެޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އަބްދުﷲ އަހުމަދު (އަބުޅޯ) އެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިއަދު މެންދުރު 12:00 އަށް ހަމަވި އިރު، ގާސިމް އިބްރާހިމް ފިޔަވައި އިތުރު އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެއެވެ. އެހެންކަމުން ޕްރައިމަރީއަކާ ނުލައި ގާސިމް އިބްރާހިމް އަށް ރިޔާސީ ޓިކެޓް ވަނީ ކަށަވަރުވެފައެވެ.

ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފަށް ގާސިމް ފޮނުއްވި ސިޓީގައި ވިދާޅުވީ، ރިޔާސީ ކެންޑިޑޭޓެއްގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަވާ އެތައް ބޭފުޅުން ޕާޓީގައި ތިއްބެވި ނަމަވެސް ޖޭޕީގެ ޕްރައިމަރީގައި ވާދަކުރުމުގެ މުއްދަތުގެ އެންމެ ފަހު ވަގުތާ ހަމައަށް އަންނަމުން ދިޔަ އިރު ވެސް އެއްވެސް ބޭފުޅަކު ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް އެދި ހުށަހަޅާފައި ނުވާކަމަށާއި، އެހެން ކަމުން ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ހުންނެވި މީހަކީ އޭނާ ކަމަށްވުމާ އެކު، މާތް ﷲ ގެ ވާގިފުޅާއި މިންވަރުފުޅުން ޕާޓީން އެދޭ ގޮތް ހާސިލްކޮށް ދިނުމަށް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލުމަށް ގަސްތު ކުރައްވާކަމަށް ގާސިމްގެ ސިޓީގައި ވަނީ ބަޔާންކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside