logoEN
cocacola
ދަރަނި ރީ-ސްޓްރަކްޗާ ކޮށްފިނަމަ ވިޔަފާރިތަކަށް ބޭރުން ފައިސާ ހޯދަން ދަތިވާނެ - އަމީރު

ދަރަނި ރީ-ސްޓްރަކްޗާ ކޮށްފިނަމަ ވިޔަފާރިތަކަށް ބޭރުން ފައިސާ ހޯދަން ދަތިވާނެ - އަމީރު

އައިޝަތު އިފާޝާ

logo

3/28/2023, 3:30:10 PM

Ameer

ދަރަނި ރީ-ސްޓްރަކްޗާ ކޮށްފިނަމަ ރާއްޖޭގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން ފައިސާ ހޯދުން ދަތިވާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

މިނިސްޓަރ މިހެން ވިދާޅުވީ ދައުލަތުގެ ދަރަނި ކުޑަކޮށް، ދަރަނި ރީ-ސްޓްރަކްޗާ ކުރުމާއި ގުޅޭގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލިޔުމުން ޖަވާބު ހޯދުމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މެމްބަރުގެ ސުވާލަށް މިނިސްޓަރ ފޮނުވި ޖަވާބުގައި ވިދާޅުވެފައިވަނީ، ދަރަނި ރީ-ސްޓްރަކްޗާ ކުރުމަކީ ރޭޓިން އެޖެންސީތަކުން ސަރުކާރު ސެލެކްޓިވް ޑީފޯލްޓް ރޭޓިންއަށް ޑައުން ގްރޭޑް ކުރާކަމެއްކަމަށެވެ. އޭގެ ނަތީޖާއަކަށް ވެގެންދާނީ ދައުލަތަށާއި އަދި ރާއްޖޭގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން ފައިސާ ހޯދުން ދަތިވުންކަމަށެވެ.

އެހެން ކަމުން ދައުލަތުގެ ދަރަނި ހަމަ މަގަށް އެޅުވުމަށް ރަނގަޅު މަގަކީ ދައުލަތުގެ ޚަރަދު ކުޑަކޮށް އާމްދަނީ އިތުރު ކުރުންކަމަށާއި، ދައުލަތުގެ ފިޒިކަލް ސްޓްރެޓަޖީ 2023 އިން 2025 އަށް އެކުލަވާލާފައިވަނީ މިކަންކަމަށް ރިޢާޔަތްކޮށްގެން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ދަރަންޏާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ 2021 ވަނަ އަހަރު ދައުލަތުން ސީދާ ނަގާފައިވާ ދަރަނި އަދި ގެރެންޓީ ކޮށްދީފައިވާ ދަރަނީގެ ޑެޓް ޓު ޖީޑީޕީ ރޭޝިއޯއަކީ 118 އިންސައްތަ ކަމަށެވެ. އެއީ ދައުލަތުން ސީދާ ނަގާފައިވާ ދަރަނީގެ 100 އިންސައްތަ އަދި ގެރެންޓީ ކޮށްދީފައިވާ ދަރަނި 18 އިންސައްތައެވެ. އަދި 2022 ވަނަ އަހަރު ނިމޭއިރު ޖީޑީޕީ ރޭޝިއޯ ހުންނާނެ ކަމަށް ލަފާކުރެވުނީ 111 އިންސައްތައިގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ

އެއީ ދައުލަތުން ސީދާ ނަގާފައިވާ ދަރަނި 98 އިންސައްތަ އަދި ގެރެންޓީ ކޮށްދީފައިވާ ދަރަނި 13 އިންސައްތަ ކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ