
ޖިންސީ އެދުން ފުއްދަން ބޭނުންކުރި ބިއްލޫރި ތަށި އެތެރޭގައި ތާށިވެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ
fdvfd-5 copy
އުމުރުން 47 އަހަރުގެ ފިރިހެނަކު، މަސްތުގެ ހާލަތުގައި ހުރެ ޖިންސީ އެދުން ފުއްދަން ބޭނުންކުރި ބިއްލޫރި ތަށި އޭނާގެ ފުރަގަސްފަރާތުގައި ތާށިވެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިއްޖެއެެވެ.

ނޭޕާލަށް ނިސްބަތްވާ މިމީހާ ހޮސްޕިޓަލަށް ދައްކަން ދިޔައީ މި ހާދިސާ ހިނގިތާ ތިން ދުވަސް ފަހުންނެވެ. އޭނާ އަމިއްލަ އަށް އެ ބިއްލޫރި ތަށި ނަގަން ކުރި މަސައްކަތް ނާކާމިޔާބުވުމުން އެންމެ ފަހުން އޭނާ ޑޮކްޓަރަށް ދައްކައި އޮޕަރޭޝަން ކޮށްގެން ނެގުމުގެ ބޭނުމުގައެވެ.
އެންމެ ފުރަތަމަ އޭނާ ބުނި ގޮތުގައި، ބިއްލޫރިތަށި އޭނާގެ ފުރަގަސްފަރާތަށް ވަދެފައިވަނީ މަސްތުގެ ހާލަތުގައި ހުރެ ދިމާވި ކަމެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެކަން ކުރީ ޖިންސީ އެދުން ފުއްދުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށް އެއްބަސްވެފައެވެ.
ބިއްލޫރި އެތެރޭގައި ތާށިވުމުގެ ސަބަބުން އޭނާއަށް ދެދުވަސް ވަންދެން މާ ބޮޑު އުނދަގުލެއް ނުވި ނަމަވެސް ތިން ވަނަ ދުވަހު އޭނާއަށް ބޮޑުކަމު ނުދެވުމާއި ތަދުވުމުގެ ސަބަބުން ޑޮކްޓަރަށް ދައްކަން މަޖުބޫރިވީއެވެ.
އޭނާގެ އެކްސްރޭ ނެގުމަށްފަހު ޑޮކްޓަރުން ވަނީ އޮޕަރޭޝަން ނުކޮށް އެ ބިއްލޫރި ނެގޭނެ ގޮތެއް ބަލާފައެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން އެންމެ ފަހުން އޮޕަރޭޝަން ކުރުމަށްފަހު ވަނީ ބިއްލޫރިތަށި ނަގާފައެވެެ.