logoEN
ކޮކާކޯލާ
ރޯދަ އެލަވަންސް ނުލިބޭނަމަ ޝަކުވާ ހުށައަޅަން ހުޅުވާލައިފި

ރޯދަ އެލަވަންސް ނުލިބޭނަމަ ޝަކުވާ ހުށައަޅަން ހުޅުވާލައިފި

އައިޝަތު އިފާޝާ

logo

3/27/2023, 11:57:24 AM

H3RvtT2ePGRykAxbJNcVIhN1NNN3rEJJLG5m7q7P-1

ރޯދަ އިނާޔަތް ނުލިބޭނަމަ ޝަކުވާ ހުށައެޅުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ހުޅުވާލައިފިއެވެ.

އަބުޅޯ

ލޭބަރ ރިލޭޝަންސް އޮތޯރިޓީން މިއަދު ވަނީ ގާނޫނާ އެއްގޮތަށް ރޯދަ މަހުގެ އިނާޔަތް ލިބިފައިނުވާނަމަ އެ އޮތޯރިޓީއަށް ޝަކުވާ ހުށަހެޅުމަށް އެދިފައެވެ. އެއޮތޯރިޓީގެ ވެބްސައިޓުންނާއި އެއޮތޯރިޓީއަށް ގޮސްގެން ފޯމުންވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިމަހުގެ ކުރީކޮޅު ލޭބަރ ރިލޭޝަންސް އޮތޯރިޓީން ވަނީ، ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދިނުމަށް ހަނދާންކޮށްދީފައެވެ.

ވަޒީފާއާބެހޭ ގާނޫނު ބުނާގޮތުގައި، ރޯދަ އެލަވަންސް ނުދީފިނަމަ އެ ކަމަށް ނަސޭހަތްތެރިވެ، އެކަން ތަކުރާރުވެއްޖެނަމަ 5000އާ 50،000އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ. އަދި ވަޒީފާ ދޭ ފަރާތްތަކަށް ސަރުކާރުންދޭ ހުއްދަ ބާތިލުކުރުންފަދަ ފިޔަވަޅުތައްވެސް އެޅިދާނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ރޯދަ އެލަވަންސް ނުދީގެން މިދިޔަ އަހަރު އެ އިދާރާއަށް ވަނީ 65 ޝަކުވާ ހުށަހަޅާފައެވެ. އަދި އޭގެ ތެރެއިން 53 މީހުންނަށް މަސައްކަތްކުރާ ތަނާ މަޝްވަރާކޮށްގެން އެ މައްސަލަ ހައްލުކޮށްދީފައިވެއެވެ. އަދި އެކަމަށް އެއްބާރުލުން ނުދިނުމުން ބައެއް ތަންތަން ވަނީ ޖޫރިމަނާވެސް ކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ