logoEN
cocacola
ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލްއަށް ތަފާތުބޮޑު މޮޅެއް!

ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލްއަށް ތަފާތުބޮޑު މޮޅެއް!

ހަސަން ޝަމްއޫން

logo

3/27/2023, 2:36:45 AM

IMG_20230327_023516

ޔޫރޯ ކޮލިފައިން ގްރޫޕް ޖޭގައި މިރޭ ރަށުން ބޭރުގައި ލަކްޒެމްބަރގް އަތުން ފަސޭހަކަމާ އެކު 6-0 ގެ ނަތީޖާއަކުން މޮޅުވެ ޕޯޗުގަލް އިން ގުރޫޕްގެ އެއްވަނައިގައި ހަމަޖެހިލައިފި އެވެ.

ގޮސިޔާ

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ޕޯޗުގަލް އިން 4 ލަނޑު ކާމިޔާބު ކުރި އިރު އެޓީމުގެ ފުރަތަަމަ ލަނޑު ފުރަތަަމަ ހާފުގެ 9 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ޕޯޗުގަލްގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ފެލިކްސް ކާމިޔާބުކޮށްދިން އިރު އެޓީމުގެ ތިންވަނަ ލަނޑު 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބެނާޑޯ ސިލްވާ އެވެ. އަދި އެޓީމުގެ ހަތަރުވަނަ ލަނޑު ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ ރޮނާލްޑޯ ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅުނު 198 މެޗުގައި އޭނާ ކާމިޔާބުކޮށްދިން 122 ވަނަ ލަނޑެވެ.

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެ އެންމެ ގިނަ ލަނޑުޖެހުމުގެ ރެކޯޑް އޮންނަ ރޮނާލްޑޯއަށް މިރޭގެ މެޗާއެކު މި ދެ ރެކޯޑް ވެސް ވަނީ އައުވެފައެވެ.

މިރޭގެ މެޗުގެ ދެވަަނަ ހާފުގައި ޕޯޗުގަލް އިން އިތުރު ދެ ލަނޑު ކާމިޔާބު ކުރި އިރު އެޓީމުގެ ފަސްވަނަ ލަނޑު 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަަނަ ހާފްގައި ކުޅެންނުކުތް ޕޯޓޯގެ މިޑްފީލްޑަރު އޮޓަވިއޯ އެވެ.

ދެވަަނަ ހާފުގެ 85 ވަނަ މިނެޓުގައި ޕޯޗުގަލްއަށް ލިބުނު ޕެނަލްޓީއެއް ރަފައެލް ލީއޯއަށް ކާމިޔާބު ނުކުރެވުނު އިރު އެޓީމުގެ 6 ވަނަ ލަނޑު އޭގެ ތިން މިނެޓު ފަހުން 88 ވަނަ މިނެޓުގައި އޭނާ ކާމިޔާބުކޮށްދިނީ ރުބެން ނެވެސް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު ކުޅުނު ދެމެޗުން 6 ޕޮއިންޓް ހަމަކޮށް ގުރޫޕް އޭގެ އެއްވަނައިގައި މިވަގުތު އޮތީ ޕޯޗުގަލްއެވެ. މި ގުރޫޕްގެ ދެވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތީ މިރޭ ބޮސްނިޔާ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވި ސޮލަވާކިއާ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ