logoEN
cocacola
ފޭސްބުކުން ސްމާޓްވޮޗް އުފެއްދުމުގެ މަސައްކަތްކުރަނީ

ފޭސްބުކުން ސްމާޓްވޮޗް އުފެއްދުމުގެ މަސައްކަތްކުރަނީ

އަހުމަދު ޝުރާއު

logo

2/14/2021, 9:21:13 AM

Screenshot 2021-02-14 at 09.19.21

ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ ވަރުގަދަ މީސްމީޑިއާ ޕްލެޓްފޯރމް ، ފޭސްބުކުން ސްމާޓްވޮޗެއް އުފެއްދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ދުނިޔޭގެ މީޑިއާ ތަކުން ރިޕޯޓް ކޮށްފިއެވެ.

ގޮސިޔާ

ޓެކްނޮލަޖީ ހަަބަރުތަށް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ފޭސްބުކްއިން އުފައްދާ މި ސްމާޓްވޮޗަކީ ބާޒާރުގައި މިހާރު ލިބެން ހުރި ސްމާޓްވޮޗްތަކާ އެއްގޮތަށް ފިޓްނެސް/ހެލްތު އަށް ހާއްސަ ފީޗާތަކުގެ އިތުރުން މެސެޖިންއާ އެކު އެހެން ގިނަ އިތުރު އާ ފީޗާތަކެއް ވެސް ހިމެނެނޭ އެންޑްރޮއިޑް-ބޭސްޑް ސްމާޓްވޮޗެކެވެ.

އަދި ފޭސްބުކްއިން މި މަސައްކަތް ކުރަމުން ގެންދަނީ ވަރަށް ސިއްރިޔާތުގައި ކަމަށާއި ނެރުމާ ވަރަށް ގާތްކޮށްފައި ނޫނީ ސްމާޓްވޮޗާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް ހާމަނުކުރަން ނިންމާފައިވާ ކަމަށްވެސް ބޭރުގެ ރިޕޯޓުތަށް ބުނެއެވެ.

ދުނިޔޭގެ ބޮޑު އާބާދީއެއްގެ ދިރުއުޅުމުގެ ހިއްސާއަކަށް ވެފައި އޮންނަ ފޭސްބުކަކީ މީގެ 17 އަހަރުކުރިން ވުޖޫދަށް އައި މީސް މީޑީއާ ޕްލެޓްފޯމެކެވެ. ފޭސްބުކުން އަންނީ އެކުންފީގެ މަސައްކަތް ޒަމާނާއި އެއްގޮތަށް ކުރިއަރުވަމުންނެވެ. އެގޮތުން ފޭސްބުކްގެ ދަށުން ހިންގާ އޮކިއުލަންސް އިން އަންނަނީ ވާޗުއަލް ރިއަލިޓީ (ވީއާރް) ސްމާޓް ޑިވައިސްތައް ދުނިޔޭގެ ބާޒާރަށް ނެރެމުންނެވެ. އަދި އިޓަލީގެ އައިނު ކުންފުނި ރޭ-ބަންއާ ގުޅިގެން ސްމާޓް އައިނު ނެރުމުގެ މަސައްކަތް ވެސް ފޭސްބުކްއިން އަންނަނީ ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ