logoEN
cocacola
ރައީސް ނަޝީދުގެ ޝުކުރުގެ ބަސްކޮޅެއް އަމްރު އަށް!

ރައީސް ނަޝީދުގެ ޝުކުރުގެ ބަސްކޮޅެއް އަމްރު އަށް!

އަލްފާ އަލީ

logo

3/27/2023, 8:00:25 AM

amru-nasheed-mdp

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓްރު ކަމުގެ މަގާމުން ހުސެއިން އަމްރު އިއްޔެ ވަކިކުރެއްވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަމްރުގެ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުުރައްވައިފި އެވެ.

ގޮސިޔާ

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިދިޔަ 4 އަހަރަކީ އެސްޓީއޯ ރަނގަޅު ނަތީޖާ ނެރުނު އަހަރުތަކެއް ކަމަށާއި، ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކާ އަޅާކިޔާލުމުން އެކަން ސާފުވާނެ ކަމަށެވެ. އަދި ކުންފުނީގެ ފައިދާ ބޮޑުވިނަމަވެސް ތަކެތީގެ އަގު އުފުލުނަ ނުދީ ހިފެހެއްޓި ކަމަށާއި ކޮވިޑްގެ ހާލަތުގައިވެސް ރަށްރަށް ކާޑަށް ނުޖެހި ހިފެހެއްޓިކަމަށްޓަކަށް އެމަނިކުފާނުވަނީ އަމްރުއަށް މަރުހަބާއާއި ޝުކުރު އަދާކުރައްވާފައެވެ.

View post on Twitter

ޕްރަވެޓައިޒޭޝަން ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އިއްޔެ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯގެ މަގާމުން އަމްރު ވަކިކޮށް އެކުފުނި ވަގުތީގޮތުން ހިންގުން ސީއެފްއޯ މުޙައްމަދު ނާޒިމްއާ ހަވާލުކޮށްފައެވެ.

އަމްރު އެ މަގާމުން ވަކިކޮށްފައިވާއިރު، އަމްރު އަންނަނީ އެމްޑީޕީ ރިޔާސީ ޕްރައިމަރީން ފެށިގެން ރައީސް މުޙައްމަދު ނަޝީދަށް ތާއިދުކުރައްވައި ކެމްޕެއިން ކުރައްވަމުންނެވެ. ރައީސް ނަޝީދުއަށް ތާއިދުކުރައްވާ އެމްޑީޕީ މެމްބަރުންނާއެކު އުފައްދާފައިވާ "ފިކުރެއްގެ ދިރުން" ޓީމުގެ މަންދޫބެއްގެ ގޮތުގައި އަމްރު ވަނީ ދާދި ފަހުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާވެސް ބައްދަލުކުރައްވާފައެވެ. އަންނަ ރިޔާސީ އިންތިހާބަށް ވާދަކުރެއްވުމަށް ނިންމަވާފައިވާ ޖުމްހޫރީޕާޓީ އާއި ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ގުޅިގެން އަންނަނީ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތްވެސް ކުރައްވަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ