
Screenshot_2023-03-26_161524_1679827712439
އިނގިރޭސިވިލާތުގެ އުތުރުގެ ޔޯކްސިޓީގެ މިކްލެގޭޓްގެ އެޕާޓްމަންޓެއްގެ ބަދިގެ މަރާމާތުކުރަނިކޮށް ފެނުނު ކުރެހުމަކީ ގާތްގަނޑަކަށް 400 އަހަރުވީ ކުރެހުމެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބީބީސީ (އާޓިކަލް ބިޔޯންޑް ޕޭވޯލް) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިނގިރޭސިވިލާތުގެ ލީޑްސް ޔުނިވާސިޓީގެ މެޑިކަލް ރިސާޗަރެއް ކަމަށްވާ ލޫކް ބަޑްވޯތު އޭނާގެ ބައިވެރިޔާ ހޭޒަލް މޫނީ އެ އެޕާޓްމަންޓަށް ބަދަލުވެފައިވަނީ މިދިޔައަހަރު އޮކްޓޯބަރު މަހުގައެވެ.
ނުވަ ފޫޓު ބައި ހަތަރު ފޫޓުގެ ކުރެހުން ފެނިފައިވަނީ ބަޑްވޯތު އެ އެޕާޓްމަންޓްގެ ބަދިގެ މަރާމާތުކުރުމުގެ ތެރެއިން ސީލިންގ ގެ ތަންކޮޅެއް ތިރިންނެވެ. ބަޑްވޯތު ބުނީ އެ ކުރެހުން ފެނުމުން ވަރަށް އުފާވާ ކަމަށާއި އަންނަން އޮތް ޖީލުތަކަށް އެ ކުރެހުން ހިމާޔަތް ކުރުމަށް ގޮވާލާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ކުރެހުންތަކުގައި 1635 ވަނަ އަހަރު ޅެންވެރިޔާ ފްރާންސިސް ކުއާލްސް ލިޔުއްވި "އެމްބްލެމްސް" ނަމަކަށް ކިޔާ ފޮތެއްގެ މަންޒަރުތައް ހިމަނާފައިވާ ކަމަށް ބަޑްވޯތު ވަނީ އެނާ އަމިއްލައަށް ކުރި ތަހުލީލުތަކަށްފަހު ބުނެފައެވެ. އަދި ޕްލާސްޓަރުގައި ކުރެހުނު ކުރެހުންތަކަކީ 17 ވަނަ ގަރުނުގެ ކުރެހުންތަކެއް ކަމަށް ބެލެވޭކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.