logoEN
ކޮކާކޯލާ
ޤަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ޚިދުމަތްދެމުންދާ ތަންތަން އާންމުކުރަނީ

ޤަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ޚިދުމަތްދެމުންދާ ތަންތަން އާންމުކުރަނީ

އައިޝަތު އިފާޝާ

logo

3/26/2023, 3:00:03 PM

u4onspHOQSucTbXbmc8D

ޤަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ޚިދުމަތް ދެމުންދާ ތަންތަން އާންމު ކުރާނެކަމަށް ހެލެތް މިނިސްޓްރީން ބުނެފިއެވެ.

އަބުޅޯ

ހެލްތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ޤަވާޢިދު" ގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކާބޯތަކެތީގެ ޚިދުމަތް ދޭންވާނީ އެ އެޖެންސީން ނުވަތަ އެޖެންސީން ކަނޑައަޅާ ފަރާތަކުން ހުއްދަ ހޯދުމަށްފަހުގައި ކަމަށެވެ.

އެހެންނަމަވެސް ބައެއް ފަރާތްތަކުން މި ޤަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ޚިދުމަތް ބައެއް ފަރާތްތަކުން ދެމުންދާކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިނިސްޓްރީން ވަނީ ކެއިން ބުއިމުގެ ޚިދުމަތްދޭ ހުރިހާ ފަރާތްތަކުންވެސް، މި ޚިދުމަތް ދޭއިރު "ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަޑުތައް ބަޔާންކުރާ ޤަވާޢިދަށް" އެއްގޮތަށް ޢަމަލުކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އަންގާފައެވެ.

އަދި ޤަވާޢިދާ ޚިލާފަށް ޚިދުމަތްދޭ ތަންތަނުގެ މަޢުލޫމާތު އެ ޤަވާޢިދުގެ 25 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޢާއްމުކުރަމުން ގެންދާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ނުކުރެވުމުގެ ސަބަބުން 200ށްވުރެ ގިނަ ބަލި ފެތުރޭކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފައިވެއެވެ. މީގެތެރޭގައި ގައިންގަޔަށް އަރާ ބައްޔާއި ގައިންގަޔަށް ނާރާ ބަލި ހިމެނޭއިރު، ރާއްޖޭގެ އާބާދީގެ 85 އިންސައްތައަކީ ގައިންގަޔަށް ނާރާ ބަލި ތަހައްމަލުކުރާ ބައެއްކަން އެ އިދާރާއިން ފާހަގަ ކުރެއެވެ.

އެހެން ކަމުން، ކާބޯތަކެތި އުފައްދާ ފަރާތްތަކާއި ރެގިއުލޭޓްކުރާ ފަރާތްތަކާއި ބޭނުންކުރާ ފަރާތްތަކާއި ކާބޯތަކެތީގެ އެކި ކަންކަމުގައި ބައިވެރިވާ ހުރިހާ ފަރާތަކުން ރައްކާތެރިކަން ކަށަވަރުކުރަން އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ