logoEN
ކޮކާކޯލާ
ވިލިނގިލީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިލަމާއެކު ކުރިއަށް

ވިލިނގިލީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިލަމާއެކު ކުރިއަށް

އައިޝަތު އިފާޝާ

logo

3/26/2023, 2:00:26 PM

viber_image_2023-03-26_10-09-12-154

ގއ. ވިލިނގިލީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިލަމާއެކު ކުރިއަށްދާ ކަމުގައި އެމަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

އަބުޅޯ

އެމްޓީސީސީން ވިދާޅުވީ، ވިލިނގިލީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު (ތިންވަނަ ފިޔަވަހި) ގެ ދަށުން، އައު ހާބަރ ފުންކުރުމުގެ މަސައްކަތުގެ 45 އިންސައްތަ މިހާރު ވަނީ ފުރިހަމަ ކުރެވިފައި ކަމަށާއި، އެއްގަމު ތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.

މި މަޝްރޫޢުގެ ދަށުން، 59,536.80 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 275 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 613 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 685 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 107.86 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ