logoEN
cocacola
މިސިސިޕީއަށް ނަގޫރޯޅިއެއް އަރައި 26 މީހުން މަރުވެއްޖެ

މިސިސިޕީއަށް ނަގޫރޯޅިއެއް އަރައި 26 މީހުން މަރުވެއްޖެ

އައިޝަތު އިފާޝާ

logo

3/26/2023, 2:15:00 PM

2023-03-25T190804Z_863014698_RC2210AIPLLP_RTRMADP_3_USA-WEATHER-MISSISSIPPI copy

އެމެރިކާގެ ދެކުނުގައިވާ މިސިސިޕީ ސްޓޭޓްގެ ސަރަޙައްދުތަކަށް ބާރުގަދަ ނަގޫރޯޅިއެއް އެރުމުގެ ސަބަބުން 26 މީހުން މަރުވެއްޖެއެވެ.

ގޮސިޔާ

ނަގޫރޯޅިއާ އެކު އައި ބާރުގަދަ ތޫފާނުގައި އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ މިސިސިޕީގެ ވެރިރަށް ޖެކްސަންގެ އުތުރުން އޮންނަ ޝާރކީ އަދި ހަމްފްރީ ކައުންޓީއަށެވެ. މީގެ އިތުރުން، އެ ސަރަޙައްދުގައި އޮންނަ ރޯލިންގ ފޯކް ކިޔާ ރަށެއް ވަނީ މުޅިން ސުންނާފިވެފައެވެ.

އެ ދެ ރަށުގައި ގެއްލުން ލިބި، ސުންނާފަތިވެފައިވާ ޢިމާރާތްތަކުގެ ދަށުވެފައިވާ ކަމަށް ބެލެވޭ މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި، ނަގޫރޯޅިއާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

ނަގޫރޯޅީއާ ގުޅިގެން އެ ސަރަޙައްދުތަކުގައި ގިނަ ޢަދަދެއްގެ ޢިމާރާތްތައް ވަނީ ސުންނާފަތިވެފައެވެ. ވެއްޓި އަދި ހަލާކުވެފައިވާ ޢިމާރާތްތަކުގެ ފުރިހަމަ ޢަދަދު އަދި ސާފުނުވާ ކަމުގައި މިސިސިޕީގެ އޮފިޝަލުން ވިދާޅުވެއެވެ. އަދި، މިހާރު އެންމެ އިސްކަމެއް ދީފައި ވަނީ، ޢިމާރާތްތަކުގެ ދަށުވެފައިވާ ކަމަށް ބެލެވޭ މީހުން ހޯދައި، ޒަޚަމުވެފައިވާ މީހުންނަށް ފަރުވާދިނުން ކަމުގައި ވެސް އޮފިޝަލުން ވިދާޅުވެއެވެ.

މިސިސިޕީގެ ސަރަޙައްދުތަކަށް އިތުރު ނަގޫރޯޅިތައް އަރާނެ ކަމަށް ބެލެވޭ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އިންޒާރުކޮށްފައެވެ. މި އަހަރުގެ ޖަނަވަރީ މަހު އެކަނިވެސް އެމެރިކާގެ އެކި ކަންކޮޅުތަކަށް ޖުމުލަ 168 ނަގޫރޯޅި އަރާފައިވެއެވެ. އަދި، ޖަނަވަރީ މަހާއި ފެބުރުވަރީ މަހުގެ ތެރޭގައި އިރުދެކުނުގައިވާ އެލެބާމާ ސްޓޭޓަށް 49 ނަގޫރޯޅި އަރާފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ