logoEN
cocacola
އާރަށު މައްސަލައިގައި 3.4 މިލިއަން ޑޮލަރު ދެއްކުމަށް ޔާމީންގެ މައްޗަށް ކުރި އަމުރުގެ އިސްތިއުނާފު ބަލައިގެންފި

އާރަށު މައްސަލައިގައި 3.4 މިލިއަން ޑޮލަރު ދެއްކުމަށް ޔާމީންގެ މައްޗަށް ކުރި އަމުރުގެ އިސްތިއުނާފު ބަލައިގެންފި

އައިޝަތު އިފާޝާ

logo

3/26/2023, 1:30:18 PM

yaameen

ވ. އާރަށު މައްސަލައިގައި 3.4 މިލިއަން ޑޮލަރު ދައުލަތަށް ދެއްކުމަށް ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފިއެވެ.

ގޮސިޔާ

ރައީސް ޔާމީންގެ ފަރާތްޕުޅުން މި އަމުރު ހައިކޯޓުގައި އިސްތިއުނާފަށް ހުށަހަޅާފައިވަނީ މާރިޗު މަހުގެ 13 ވަނަ ދުވަހުއެވެ.

އާރަށު ޚިޔާނާތުގެ މައްސަލާގައި ރައީސް ޔާމީނު ލޯންޑަރކުރި އެއް މިލިއަން ޑޮލަރާއި، އެއާ އެއްކުރި 2 މިލިއަން ޑޮލަރުގެ އިތުރުން، އެއިން ހޯދި މަންފާ ދައުލަތަށް ދައްކަވަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.

އާރަށު މައްސަލާގައި ރައީސް ޔާމީނަށް ކުރާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގައި، 7 އަހަރަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމްކޮށްފައެވެ. ވުމާއެކު، މަނީލޯންޑަރ ކޮށްގެން އެމަނިކުފާނު ހޯއްދަވާފައިވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ދައުލަތުން ކޯޓުގައި އެދުނެވެ.

ދައުލަތަށް ފައިސާ ނެގުމަށް އަމުރު ކުރި ސަބަބަށް ބަލާއިރު، ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި ގަބޫލުކުރެއްވި 1 މިލިއަން ޑޮލަރުގެ ޗެކު އެޗްއެސްބީސީ އެކައުންޓަށް ޖަމާކުރެއްވުމަށްފަހު، އެ އެކައުންޓުގައި ހުރި އިތުރު ފައިސާއާއެކު 1،001،409 (އެއް މިލިއަން އެއްހާސް ހަތަރުސަތޭކަ ނުވަ) އެމެރިކާ ޑޮލަރު ބީއެމްއެލް އެކައުންޓަށް ވަނީ ޖަމާކުރައްވާފައެވެ.

އަދި އެ އެކައުންޓުގައި ހުރި އިތުރު ފައިސާއާއެކު، ޖުމުލަ 1،295،000 (އެއް މިލިއަން ދެލައްކަ ނުވަދިހަ ފަސްހާސް) އެމެރިކާ ޑޮލަރު އިސްލާމިކް ބޭންކު އެކައުންޓަށް ވަނީ ޖަމާކުރައްވާފައެވެ.

އަދި އެ އެކައުންޓުގައި ހުރި އިތުރު ފައިސާއާއެކު 3،413،230 (ތިން މިލިއަން ހަތަރުލައްކަ ތޭރަހާސް ދުއިސައްތަ ތިރީސް) އެމެރިކާ ޑޮލަރު، އެމްއައިބީގައި ޔާމީނުގެ ނަމުގައި ހުޅުވާފައިވާ އެހެން އެކައުންޓަކަށް ޖަމާކުރައްވައި، 36 މަސް ދުވަސް ވަންދެން ވަނީ ފައިދާ ހޯއްދަވާފައެވެ. މި ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކެވުމަށް ވަނީ ހުކުމްކޮށްފައެވެ.

ޔާމީންގެ ފަރާތްޕުޅުން ދައުލަތަށް ދައްކަވަން ޖެހޭ ފައިސާ ދެއްކެވުމަށް ކުރި އަމުރު އިސްތިއުނާފު ކުރައްވާފައިވާއިރު، އެމަނިކުފާނު ޖަލަށްލާން ކުރި ހުކުމްވެސް އިސްތިއުނާފު ކުރެއްވުމަށް ވަނީ ހުށަހަޅުއްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ