
ބީއެމްއެލްގެ އެމެރިކަން އެކްސްޕްރެސް ކާޑުން ކުރާ މުއާމަލާތްތަކަށް އަނބުރާ ފައިސާ ލިބޭ ޕްރޮމޯޝަނެއް
1661156779 copy
ބޭންކް އޮފް މޯލްޑިވްސްގެ އެމެރިކަން އެކްސްޕްރެސް ކާޑު ނުވަތަ އެމެކްސް ކާޑުން ކުރާ މުޢާމަލާތްތަކަށް އަނބުރާ ފައިސާ ލިބޭ ޕްރޮމޯޝަނެއް އެބޭންކުން ފަށައިފިއެވެ. މިޕްރޮމޯޝަން ކުރިއަށްދަނީ އަންނަ އޭޕްރީލްމަހުގެ ނިޔަލަށެވެ.

ބީއެމްއެލްއިން ވިދާޅުވާ ގޮތުގައި މިޕްރޮމޯޝަންގެ ދަށުން ބީއެމްއެލްގެ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން، ކަސްޓަމަރުން ކުރާ މުއާމަލާތްތަކަށް އަނބުރާ ފައިސާ ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިޕްރޮމޯޝަންގެ ދަށުން ފައިސާ ލިބޭނީ ގުރުއަތުން ހޮވޭ ފަރާތްތަކަށެވެ. އަދި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ 10 ކަސްޓަމަރުންނަށް، އެ ކަސްޓަމަރުން ކުރި މުޢާމަލާތްތަކުގެ އަދަދު އަނބުރާ ލިބޭނެކަމަށްވެސް ބީއެމްއެލްއިން ވިދާޅުވެއެވެ.
ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. އަދި ބީއެމްއެލްއަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކޮށް، އެމެކްސް ކާޑުތަކުން ޕޭމަންޓް ބަލައިގަންނަ ހަމައެކަނި ބޭންކެވެ.