logoEN
cocacola
ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހޯނޑެއްދޫ މީހަކު ހޯދަނީ

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހޯނޑެއްދޫ މީހަކު ހޯދަނީ

އައިޝަތު އިފާޝާ

logo

3/26/2023, 12:17:00 PM

New Project (1)

ފުލުހުން ބަލަމުންދާ މައްސަަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.

ގޮސިޔާ

ފުލުހުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުން ދަނީ ގދ. ހޯނޑެއްދޫ / ދޯދި، މުޙައްމަދު އަކުރަމް ޢަބްދުލްޙަންނާން (33އ) އެވެ.

އޭނާ ހާޒިރުކުރެވޭ ހައިސިއްޔަތަކީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް/ މައުލޫމާތު ސާފުކުރުމަށް ކަމަށްވެސް ފުލުުހުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

އެގޮތުން އޭނާ ހާޒިރުވާން ޖެހެނީ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ، 2023 އޭޕްރީލް 13 ވަނަ ދުވަހުގެ 14:00 އަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ