logoEN
Sto top
ޖޭޕީ އާއިއެކު އިތުރު ބައްދަލުވުން ތަކެއް ނުބާއްވަން :ސަލަފް

ޖޭޕީ އާއިއެކު އިތުރު ބައްދަލުވުން ތަކެއް ނުބާއްވަން :ސަލަފް

އަޙްމަދު ޖަމީލު

logo

3/26/2023, 11:50:03 AM

# ސަލަފް

7CCC521D-6728-4B35-A334-FE79D29B477B

ސަލަފުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޖުމްހީރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އާއި ޕާޓީގެ އިސްފަރާތްތަކާއި އެކު މި މަހުގެ 20 ވަނަ ދުވަހު ބޭއްވި ބައްދަލުވުން ފިޔަވައި އިތުރު ބައްދަލުވުމެއް ބާއްވާފައި ނުވާ ކަމަށާއި ބައެއް ނޫސް މީޑިއާތަކުގައި ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

Wamco

މިގޮތުން އެޖަމިއްޔާއިން ވަނީ ދޮގު ހަބަރު ފެތުރި މީޑިއާތަކުން މައާފަށް އެދި ތެދު ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަށާއި ދޮގު ތެދު ބެލުމެއް ނެތި ލިބޭ ހަބަރު ނުފެތުރުމަށާއި ޒިންމާދާރުކަމާއެކު ކަންކަމުގެ މައުލޫމާތު ފެތުރުމަށް ނޫސްވެރިންނަށް ގޮވާލާފައެވެ.

View post on Twitter

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޖޭޕީ ވަކިން ވާދަކުރައްވާކަން އިއުލާން ކުރި ހިސާބުން އެ ޕާޓީންދަނީ އެކި ޕާޓީތަކާއި ޖަމިއްޔާ ތަކާއި ބައްދަލުކޮށް ތާއީދު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އަދި އެކި ސިޔާސީ ޕާޓީތަކުންވެސް އަންނަނީ ރިޔާސީ އިންތިހާބުގެ ތާއީދު ހޯދުމުގެ ގޮތުން ސަލަފް އާއިއެކުވެސް މަޝްވަރާކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside