މެސީގެ ގެނައުމަށް ބާސެލޯނާ އިން 200މ ޔޫރޯ ހުށަހަޅަން ތައްޔާރު!

މި އަހަރުގެ ހޫނު މޫސުމުގައި ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ހޯދުމަށް އޭނާގެ ކުރީގެ ކުލަބު ބާސެލޯނާ އިން ތައްޔާރުވަމުން އަންނަކަމަށް ސްޕެއިންގެ ނޫހަކުން ބުނެފިއެވެ.

އުމުރުން 35 އަހަރުގެ އާޖެންޓީނާގެ ފޯވާޑް އަލުން ކޭމްޕް ނޯއަށް ގެނައުމަށް ބާސެލޯނާއިން 200 މިލިއަން ޔޫރޯގެ ހުށަހެޅުމަށް ތައްޔާރުވަމުން އަންނަކަމަށް  ސްޕެއިންގެ ނޫހެއް ކަމަށްވާ އެލް ނެސިއޯނަލް އާއި ހަވާލާދީ ޑެއިލީ ޕޯސްޓްއިން ރިޕޯޓްކޮށްފައި ވެއެވެ.

2021 ވަނަ އަހަރު ބާސެލޯނާ ދޫކޮށް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށް ބަދަލުވި އުމުރުން 35 އަހަރުގެ މެސީ ފުރާންސްގައި ހޭދަކުރަމުން އަންނަނީ އުދަގޫ ދުވަސްތަކެކެވެ.

2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު އާޖެންޓީނާގެ ގައުމީ ޓީމާއެކު ވޯލްޑްކަޕްގެ ތަށި އުފުލާލި މެސީ އަށް ޕީއެސްޖީގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި އެޓީމަށް ކުޅެދިން 34 މެޗުގައި ކާމިޔާބުކޮއްދެވުނީ 11 ލަނޑެވެ. އަދި އެސީޒަނުގައި ޗެމްޕިއަންސްލީގުގައި ރެއާލް މެޑްރިޑް އަތުން ބަލިވެ ޕީއެސްޖީ ކަޓައިގެން ދިޔައިރު، މުބާރާތުގެ ދެވަަނަ ބުރުންނެވެ.

ޕީއެސްޖީގައި މެސީގެ އެންމެ މޮޅު ކުޅުން ނުދެއްކުނު ނަމަވެސް މިސީޒަނުގައި އެޓީމަށް ކުޅެދިން 32 މެޗުގައި އޭނާ ވަނީ 18 ލަނޑުކާމިޔާބުކޮއްދީފައެވެ. އަދި މިދިޔަ އަހަރުގެ ވޯލްޑް ކަޕުގައި ދެއްކި މޮޅުކުޅުމާއި އެކު މިއަހަރުގެ ދަބެސްޓް އެވޯޑް ކާމިޔާބުކުރީ މެސީއަށް މިސީޒަނުގައި ވެސް ޔޫރަޕުގައި ޕީއެސްޖީއަށް ކާމިޔާބު ހޯދައިދެވޭގޮތެއްނުވިއެވެ.

ބަޔާން މިއުނިކުން އަތުން ބަލިވެ ޕީއެސްޖީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުން ކަޓައިގެން ދިޔައިރު ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ ވަނީ ލެޖެންޑަރީ ފޯވާޑް ގެނައުމުގެ ޝައުގުވެރިކަން ހާމަކޮށްފައެވެ.

ޕީއެސްޖީއާ އެކު މެސީ ހަދާފައިވާ އެއްބަސްވުން މިސީޒަނުގެ ނިޔަލަށް ހަމަވާއިރު، ދެފަރާތުން އެއްބަސްވާ ނަމަ އެ މުއްދަތު އިތުރު އެއް އަހަރަށް އިތުރުކުރުމުގެ ފުރުސަތު ޕީއެސްޖީއަށް އެބައޮތެވެ. ނަމަވެސް މިޑިއާ ރިޕޯޓްތައް ބުނާގޮތުގައި މެސީ ހުރީ އަކީ ޕީއެސްޖީގެ އެއްބަސްވުން އައުކުރާ ވިސްނުމެއްގައެއް ނޫނެވެ. އަދި މެސީގެ އެންމެ ގާތް އެކުވެރިއާ އަގުއޭރޯ ވެސްވަނީ އެފަދަ އިޝާރާތެއް ކޮއްފައެވެ.

މާލީގޮތުން މިހާރުވެސް އުނދަގޫ ހާލަތެއްގައި އޮތް ބާސެލޯނާ އިން ބޮޑު ހުށަހެޅުމަށް ހުށަހަޅަން ތައްޔާރުވަމުން އަންނައިރު އެޓީމުން މެސީއަށް ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް އެލް ނެސިއޯނަލް އާއި ހަވާލާދީ ޑެއިލީ ޕޯސްޓްއިން ރިޕޯޓްކޮށްފައި ވެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް