logoEN
ޕީއެންސީ 2
މިއަދުގެ ވަގުތެއްގައި ދުނިޔެއާއި ހަނދާ ދެމެދު ބޮޑު އެސްޓްރޮއިޑެއް ދަތުރުކުރާނެ

މިއަދުގެ ވަގުތެއްގައި ދުނިޔެއާއި ހަނދާ ދެމެދު ބޮޑު އެސްޓްރޮއިޑެއް ދަތުރުކުރާނެ

އައިޝަތު އިފާޝާ

logo

3/25/2023, 1:45:23 PM

asteroid copy

މިއަދުގެ ވަގުތެއްގައި ދުނިޔެއާއި ހަނދާ ދެމެދު ބޮޑު އެސްޓްރޮއިޑެއް ދަތުރުކުރާނެ ކަމަށް ޔޫރަޕިއަން ސްޕޭސް އެޖެންސީން ބުނެފިއެވެ.

ޝަރީ 2024

މި ބޮޑު އެސްޓްރޮއިޑް މިއަދުގެ ވަގުތެއްގައި ހަނދާއި ދުނިޔެއާ ދެމެދުން ދަތުރުކުރާއިރު މިއީ ކޮންމެ 10 އަހަރަކުން އެއްފަހަރު ދަތުރުކުރާ އެސްޓްރޮއިޑެކެވެ. އަދި ޕްލެނެޓަރީ ޑިފެންސް މަސައްކަތްތަކުގެ ޓްރެއިނިންގް އެކްސަސައިޒެއްވެސް މި އެސްޓްރޮއިޑްގެ އެހީގައި ސައިންސްވެރިން ކުރިއަށްގެންދާނެ ކަމަށް ޔޫރަޕިއަން ސްޕޭސް އެޖެންސީން ބުނެފައިވެއެވެ.

2023ޑީޒެޑް2 ނަމަކަށް ކިޔާ މި އެސްޓްރޮއިޑްގެ ފުޅާމިނުގައި 40-70 (130-230 ފޫޓް) މީޓަރު ހުންނަކަމަށް ސައިންސްވެރިން ބުނެއެވެ. އަދި ދުނިޔެއަށް ވެއްޓިއްޖެ ނަމަ ބޮޑު ސިޓީއެއް އެއްކޮށް ނެތިކޮށްލާނެ ވަރުގެ ބޮޑު އެސްޓްރޮއިޑެއް ކަމަށްވެސް ސައިންސްވެރިން ގަބޫލުކުރެއެވެ.

އީއެސްއޭގެ ޕްލެނެޓަރީ ޑިފެންސް އޮފީހުގެ ހެޑް، ރިޗަޑް މޮއިސްލް ވިދާޅުވީ ހޮނިހިރު ދުވަހު ޖީއެމްޓީ ގަޑިން 19:49 ގައި ދުނިޔެއާ ހަނދާ ދެމެދު އޮންނަ ދުރުމިނުގެ ތިންބައިކުޅަ އެއްބައި ގެ ތެރޭއަށް މި އެސްޓްރޮއިޑް އަންނާނެ ކަމަށެވެ.

މި އެސްޓްރޮއިޑް ދަތުރުކުރާނީ ދުނިޔެއާ ގާތުން ނަމަވެސް ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މި އެސްޓްރޮއިޑް ދުނިޔެއާ 175،000 ކިލޯމީޓަރު (109،000 މޭލު) ދުރުން ގަޑިއަކު 28،000 ކިލޯމީޓަރު (ގަޑިއަކު 17،400 މޭލު) ބާރު މިނުގައި ދަތުރުކުރާނެ އެވެ. ދުނިޔެއާއި ހަނދާ ދެމެދުގެ ދުރުމިނަކީ ގާތްގަނޑަކަށް 385،000 ކިލޯމީޓަރު (239،228 މޭލު) އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ