logoEN
ކޮކާކޯލާ
ފަރެސްގައި ތަރައްގީކުރާ ރިސޯޓު އަންނަ މަހުގެ 1 ވަނަ ދުވަހު ހުޅުވަނީ

ފަރެސްގައި ތަރައްގީކުރާ ރިސޯޓު އަންނަ މަހުގެ 1 ވަނަ ދުވަހު ހުޅުވަނީ

އައިޝަތު އިފާޝާ

logo

3/25/2023, 1:15:05 PM

avani_plus_fares_maldives_1920x1080 copy

ބ. އަތޮޅު ފަރެސްގައި ތަރައްޤީކުރާ ރިސޯޓް އަންނަ މަހުގެ 1 ވަނަ ދުވަހު ހުޅުވަން ނިންމައިފިއެވެ. މި ރިސޯޓް ތަރައްޤީކުރަނީ އަވާނީ ހޮޓެލްސް އެންޑް ރިސޯޓްސްއިންނެވެ.

އަބުޅޯ

70 މިލިއަން ޑޮލަރުގެ މިމަޝްރޫއުގެ ދަށުން، ބ. އަތޮޅު ފަރެސްގައި 176 ކޮޓަރީގެ ރިސޯޓެއް ދަނީ ތަރައްޤީކުރަމުންނެވެ. މިރިސޯޓުގައި ސްޓޫޑިއޯ، ބީޗު ވިލާ އަދި އޯވަރ ވޯޓަރ ވިލާތައް ހުންނާނެއެވެ.

އަވާނީ ހޮޓެލްސް އެންޑް ރިސޯޓްސްއިން މަޢުލޫމާތުދޭގައި މި ރިސޯޓުގައި ތަފާތު ކެއުންތައް ލިބޭ ރެސްޓޯރެންޓަކާއި، އަވާނީ ސްޕާއެއްގެ އިތުރުން ސައިޒުގެ ގޮތުން ބޮޑު ސްވިމިންގ ޕޫލެއް ހުންނާނެއެވެ.

އަވާނީ ހޮޓެލްސް އެންޑް ރިސޯޓްސްއަކީ ރާއްޖޭގައި މިހާރުވެސް ރިސޯޓްތައް ހިންގަމުން އަންނަ އަނަންތާރާ ހޮޓެލްސް އެންޑް ރިސޯޓްސް ބްރޭންޑުގެ ވެސް މައި ކުންފުނި ކަމަށްވާ ތައިލޭންޑުގެ މައިނަރ ހޮޓެލްސްގެ ބުރޭންޑެކެވެ. އެކުންފުނިން މިހާރުވެސް ދަނީ ރާއްޖޭގައި އަނަންތާރާ ބުރޭންޑުގެ ތިން ރިސޯޓު ހިންގަމުންނެވެ.

ތައިލޭންޑުގެ ކުންފުންޏެއް ކަމަށްވާ މައިނަރ ހޮޓެލްސްއިން ދަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެތެރޭ ދުނިޔޭގެ އެކި ހިސާބުތަކުގައި އަވާނީ ހޮޓެލްސް އެންޑް ރިސޯޓްސް ބްރޭންޑުގެ ރިސޯޓް ހުޅުވުމަށް މަސައްކަތްކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ