logoEN
ޕީއެންސީ 2
ކެޕްޓަން އެމްބާޕޭގެ ދެލަނޑާއެކު ފުރާންސްއަށް ފަސޭހަމޮޅެއް!

ކެޕްޓަން އެމްބާޕޭގެ ދެލަނޑާއެކު ފުރާންސްއަށް ފަސޭހަމޮޅެއް!

ހަސަން ޝަމްއޫން

logo

3/25/2023, 5:08:57 AM

IMG_20230325_051300

ޝަރީ 2024

ޔޫރޯ 2024 ކޮލިފައިންގެ ގްރޫޕް ބީގެ ފުރަތަަމަ މެޗުގައި މިރޭ އަމިއްލަ ދަނޑުގައި ވަރުގަދަ ނެދަލޭންޑްސް 4-0 ގެ ނަތީޖާއަކުން ބަލިކޮށް ފުރާންސް އިން ކޮލިފައިންގެ ފެށުން ރަނގަޅުކޮށްފިއެވެ.

މިރޭގެ މެޗުގެ ފުރަތަަމަ 8 މިނެޓު ތެރޭގައި ފުރާންސް އިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މި ގޮތުން އެޓީމުގެ ފުރަތަަމަ ލަނޑު ކެޕްޓަން އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި މެދުގެ ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެތްލެޓިކޯ މެޑްރިޑްގެ ފޯވާޑް ގްރިޒްމަން އެވެ. އަދި އޭގެ ހަމިނެޓު ފަހުން އެޓީމު ދެވަަނަ ލަނޑު ކާމިޔާބުކުރީ ބަޔާން މިއުނިކްގެ ޑިފެންޑަރު ދަޔޯޓް އަޕަމެކާނޯ އެވެ.

ފްރާންސްގެ ތިންވަނަ ލަނޑު ފުރަތަަމަ ހާފުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެމްބާޕޭ އެވެ. މިއީ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޗުއަމެނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ނެދަލޭންޑްސް އިންނެވެ. ނަމަވެސް އެންމެ ފަހުގެ ވޯލްޑް ކަޕުގައި ޕެނަލްޓީޖަހައިގެން ފައިނަލުގައި އާޖެންޓީނާ އަތުން ބަލިވި ފުރާންސްގެ އެޓޭކްތައް ހުއްޓުވުމަށް ނެދަލޭންޑްސް އިން ފުރަތަަމަ ހާފުގައި ކުރި މަސައްކަތް ކާމިޔާބުވާގޮތެއް ނުވިއެވެ.

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ޕެނަލްޓީޖަހައިގެން އާޖެންޓީނާ އަތުން ބަލިވި ނެދަލޭންޑްސް އިން ދެވަނަ ހާފުގައި އެޓީމުގެ ކުޅުން ރަނގަޅުކޮށް ފުރާންސްގެ ފަހަތައް ބާރުބޮޑު ކުރަމުން ދަނިކޮށް ފުރާންސް އިން އިތުރު ލަނޑެއް ކާމިޔާބު ނަތީޖާގެ ފަރަގު ބޮޑުކޮށްފިއެވެ.

މި ލަނޑު ދެވަނަ ހާފުގެ 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފުރާންސްގެ ކެޕްޓަން ކަމާއި އަލަށް ހަވާލުވި ޕީއެސްޖީގެ ފޯވާޑް އެމްބާޕޭ އެވެ. އަދި މިއީ ގައުމީ ޓީމަށް ކުޅުނު 67 މެޗުގައި އެމްބާޕޭ ކާމިޔާބުކުރި 38 ވަނަ ލަނޑެވެ.

މިރޭގެ މެޗުގެ އިތުރު ވަގުތުގައި ނަތީޖާގެ ފަރަގު ކުޑަކޮށްލުމަށް ނެދަލޭންޑްސްއަށް ލިބުނު ޕެނަލްޓީ މެމްފިސް ޑިޕޭ ޕޮނުވާލުމުން ފްރާންސްގެ ކީއްޕަރު ވަނީ އެބޯޅަ ދިފާއުކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ