
އެމެރިކާއިން ސީރިއާއަށް ދިން ވައިގެ ހަމަލާތަކުގައި 11 މީހުން މަރުވެއްޖެ
Screenshot 2023-03-24 at 9.12.10 PM
ސޫރިޔާގެ އިރުމަތީ ސަރަޙައްދުގައި އެމެރިކާގެ އަސްކަރިއްޔާއިން އީރާނާ ގުޅިފައިވާ ޖަމާޢަތްތަކާ ދެކޮޅަށް ވައިގެ ޙަމަލާތަކެއް ދީފި އެވެ.

ސޫރިޔާގެ އިރުމަތީ ސަރަޙައްދުގައި އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާތަކެއް ދީފައިމިވަނީ ނުރައްކާތެރި ޑްރޯން ޙަމަލާއެއްގައި އެމެރިކާގެ ކޮންޓްރެކްޓަރަކު މަރުވެ، އިތުރު މީހަކު ޒަޚަމްކޮށް، އެމެރިކާގެ ފަސް ސިފައިން ޒަޚަމްކޮށްލުމާއި ގުޅިގެންނެވެ.
ސީރިއާގައި ތިބޭ އެމެރިކާ ސިފައިންނަށް މީގެ ކުރިން ވެސް ޑްރޯން ހަމަލާތައް އަމާޒުވި ނަމަވެސް މިފަހުން ދިން ހަމަލާގައި ނޫނީ އެމެރިކާގެ ސިފައިން މަރުވުން ވަރަށް މަދެވެ.
އީރާނަށް ތާއީދުކުރާ 11 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ބުނާ މި ހަމަލާތަކަކީ ސީރިއާގެ އިރުއުތުރުގެ ހަސަކޭހް ކައިރީގައި ހުންނަ އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަން ބޭސްއަކަށް ބުރާސްފަތި ދުވަހު ދިން ޑްރޯން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ޕެންޓަގަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެމެރިކާގެ އިންޓެލިޖެންސުން ލަފާކުރި ގޮތުގައި ހަމަލާ ދިން ޑްރޯންއަކީ އަސްލު އީރާނުގެ ޑްރޯނެކެވެ.
ޕެންޓަގަންގެ ޗީފް ލޮއިޑް އޮސްޓިން ވިދާޅުވީ އެމެރިކާއިން ހަމަލާ އަމާޒުކުރީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއާ ގުޅިފައިވާ ޖަމާއަތްތަކަށް ކަމަށާއި ބަދަލު ހިފުމުގެ ހަމަލާތައް ދޭން ހުއްދަ ދިނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އިރުޝާދުގެ މަތިން ކަމަށެވެ.