logoEN
ޕީއެންސީ 2
މަސްތުގެ ހާލަތުގައި މަގުމަތީގައި ސަލާންޖަހަން ތިބޭ މީހުންނަށް ފަރުވާދެނީ

މަސްތުގެ ހާލަތުގައި މަގުމަތީގައި ސަލާންޖަހަން ތިބޭ މީހުންނަށް ފަރުވާދެނީ

އައިޝަތު އިފާޝާ

logo

3/24/2023, 4:07:26 PM

015214-corp feature photo 2020 12 30 t 153053 copy

މަސްތުގެ ހާލަތުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ސަލާންޖަހަމުންދާ މީހުންނަށް މަސްތުވާތަކެތިން ސަލާމަތްވުމަށް މިހާރު ފަރުވަދެމުންއަންނަކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭއިން ވިދާޅުވެއްޖެއެވެ.

ޝަރީ 2024

މަސްތުގެ ހާލަތުގައި މާލޭގެ އެކި މަގުތަކުގައި ނިދާ އުޅުމާއި ބޮޑެތި، ފިހާރަތައް ކުރިމަތީގައި ސަލާން ޖެހުމަށް ތިބޭ މައްސަލައަކީ އާއްމުންގެ ކަންބޮޑުވުން ބޮޑު މައްސަލައެކެވެ. އެހެންނަމަވެސް މިހާރު އެފަދަ މީހުން މަގުތަކުން ނަގާ އެގޮތަށް ތިބި މީހުންނަށް އެންޑީއޭއިން ފަރުވާދެމުން އަންނަކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝަމާއު ޝަރީފް ވިދާޅުވީ އެކި މުއައްސަސާތައް ގުޅިގެން ކުރި މަސައްކަތުން އެގޮތަށް ސަލާންޖަހަން ތިބި އަންހެނުންނާއި ފިރިހެނުންނަށްވެސް ފަރުވާ ދިނުމަށްޓަކައި އެކި މަރުކަޒުތަކުގައި ތިބި ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުޑަކުދިންނަށްވެސް ފަރުވާދެމުން އަންނަކަމަށް ޝަމާޢު ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ މާލޭގެ މަގުމަތީގައި ރައްޔިތުންނަށް އުނދަގުވާނެހެން އެކި ކުށްތަައް ކުރާ މަސްތުވަތަކެތީގެ ބޭނުންކުރާ މީހުންވެސް އެކި ފަރުވާގެ ޕްރޮގްރާމްތަކުގައި ބައިވެރިކޮށް ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.

"ދުނިޔޭގެ ފެންވަރުގައި ބޭނުންކުރާ ބޭސްތައް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބި މީހުން ރަނގަޅުކުރުމަށް މި ދެނީ. ބޭހުގެ އިތުރަށް އަޅާލުމާއި އެހީތެރިކަންވެސް އެބަ ބޭނުންވޭ. މުއައްސަސާތަކުން ވަރަށް ގިނަ މަސައްކަތްތަކެއް އެބަކުރެވޭ، މި މީހުން ރަނގަޅުކޮށް މުޖުތަމަޢުއަށް ނެރުމަށް. އެންމެން އެއްކޮށް މަސައްކަތްކޮށްފިނަމަ ތަފާތު ފެންނާނެ. "ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝަމާއު ޝަރީފް ވިދާޅުވިއެވެ.

މާލޭގެ މަގުމަތީގައި މަސްތުގެ ހާލަތުގައި ތިބޭ މީހުންނަށް ފަރުވާދިނުމުގެ މަސައްކަތް ކުރަމުން އަންނައިރު އޭގެތެރެއިން ގިނަ ބަޔަކީ ސިއްޙީ ބޮޑެތި ބަލިތައް ހުރި މީހުންނެވެ. އަދި މި ބަލިތަކަށްވެސް ފަރުވާ ދީ އެމީހުން ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޝަމާއު ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ