logoEN
ކޮކާކޯލާ
ބަޔާންގެ ކޯޗު ހޫލިއަން ނަގެލްސްމަން މަގާމުން ވަކިކޮށްފި!

ބަޔާންގެ ކޯޗު ހޫލިއަން ނަގެލްސްމަން މަގާމުން ވަކިކޮށްފި!

ހަސަން ޝަމްއޫން

logo

3/24/2023, 4:32:43 AM

tsg_fcb_21_22_nagelsmann_1920

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ބަޔާން ލެވަކޫސަން އަތުން ބަލިވެ، ލީގުގެ އެއްވަނަ މަގާމު ގެއްލިފައިވަނިކޮށް ބަޔާން މިއުނިކްގެ ކޯޗު ހޫލިއަން ނަގެލްސްމަން މަގާމުން މިރޭ ވަކިކޮށްފިއެވެ.

އަބުޅޯ

ބަޔާން މިޔުނިކުގެ ކޯޗް ކަމުގެ މަގާމަށް ނަގެލްސްމަން ހަމަޖެއްސީ 2021 ވަނަ އަހަރުގެ އޭޕްރީލް 21 ވަނަ ދުވަހުއެވެ. އޭނާގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަނުގައި ބަޔާން މިޔުނިކުން ވަނީ ޖަރުމަން ބުންޑަސް ލީގާ އާއި 2021 އަދި 2022 ވަނަ އަހަރުގެ ޖަރުމަން ސްޕަރ ކަޕް ކާމިޔާބު ކޮށްފައެވެ.

View post on Twitter

ޖަރުމަނު ލީގުގައި މިސީޒަނުގައި ބަޔާން މިއުނިކް ކުޅުނު 25 މެޗުގެ ތެރެއިން އެޓީމު މޮޅުވެފައިވަނީ 15 މެޗުންނެވެ. 7 މެޗުން އެއްވަރުވެފައިވާއިރު ލީގުގައި އެޓީމު ބަލިވެފައި ވަނީ އެންމެ 2 މެޗުންނެވެ.

މިނަތީޖާތަކާއެކު ތާވަލުގެ ދެވަނައިގައި ބަޔާން އޮތީ ކުޅުނު 25 މެޗުން ލިބުނު 52 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި 53 ޕޮއިންޓާއެކު އޮތީ ވާދަވެރި ބްރޯޝިޔާ ޑޯޓްމަންޑެވެ. ލީގުގައި އޭޕްރީލް 1 ވަނަ ދުވަހު ބަޔާން ބައްދަލު ކުރަން ޖެހިފައި އޮތީވެސް ޑޯޓްމަންޑާއެވެ.

ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އުމުރުން 35 އަހަރުގެ ނަގެލްސްމަން މަގާމުން ވަކިކޮށްފި ވަނީ މިސީޒަނުގައި ލީގުގައި މިހާތަނަށް އެޓީމުން ނެރެމުންއައި ދަށް ނަތީޖާ ތަކުގެ ސަބަބުންނެވެ.

ނަމަވެސް މިސީޒަނުގައި ނަގެލްސްމަންގެ އިރުޝާދުގެ ދަށުން ބަޔާން މިއުނިކް އަންނަނީ ޔުއެފާ ޗެމްޕިއަންސްލީގުގައި ރަގަޅު ކުޅުމެއް ދައްކަމުންނެވެ. މި ގޮތުން މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެޓީމުން ވަނީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު ވަރުގަދަ ޕީއެސްޖީ ކަޓުވާލުމަށްފަހު ޗެންޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަހޯދާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ