logoEN
cocacola
ކޭން ރެކޯޑް ހެދި މެޗުގައި އިޓަލީ އަތުން އިގިރޭސި ޓީމަށް އުނދަގޫ މޮޅެއް!

ކޭން ރެކޯޑް ހެދި މެޗުގައި އިޓަލީ އަތުން އިގިރޭސި ޓީމަށް އުނދަގޫ މޮޅެއް!

ހަސަން ޝަމްއޫން

logo

3/24/2023, 3:29:22 AM

638d084eb0ad0

ޔޫރޯ 2024، ކޮލިފައިން ގުރޫޕް ސީ ގައި މިރޭ ރަށުން ބޭރުގައި 2-1 ގެ ނަތީޖާއަކުން އިޓަލީ ބަލިކޮށް އިގިރޭސިވިލާތުން ކޮލިފައިންގައި އެޓީމު ފެށުން ރަނގަޅުކޮށްފިއެވެ.

ގޮސިޔާ

މިއީ 1961 ގެ ފަހުން ރަށުން ބޭރުގައި އިޓަލީ އަތުން އިގިރޭސިން މޮޅުވި ފުރަތަަމަ ފަހަރެވެ. އަދި މިއީ ޔޫރޯ ކޮލިފައިންގައި 1999 ވަނަ އަހަރުގެ ފަހުން އަމިއްލަ ދަނޑުގައި އިޓަލީ ބަލިވި ފުރަތަަމަ މެޗެވެ.

މެޗުގެ ފުރަތަަމަ ހާފުގައި އިގިރޭސި ޓީމުން ދެލަނޑު ލީޑެއް ނެގިއިރު، އެޓީމުގެ ފުރަތަމަ ލަނޑު 13 މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސްޓު ގޭމްގެ މިޑްފީލްޑަރު ޑެކްލަން ރައިސް އެވެ. އަދި ފުރަތަަމަ ހާފު ނިމުމުގެ ކުރިން އެޓީމުގެ ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭން އެވެ.

މިއާއެކު ހެރީ ކޭންއަށް ވަނީ އިގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ޝަރަފު ލިބިފައެވެ. ކުރިއަށް މި ރެކޯޑް އޮންނަނީ އިގިރޭސި ގައުމީ ޓީމަށް 120 ކުޅެގެން 53 ލަނޑު ކާމިޔާބުކޮއްފައިވާ ވޭން ރޫނީގެ އަތުގައެވެ. މިރޭގެ މެޗުގައި ކާމިޔާބުކުރި ލަނޑާއެކު އިގިރޭސި ގައުމީ ޓީމަށް ކުޅުނު 81 ކޭން ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 54 އަރާފައެވެ.

ދެވަަނަ ހާފްގައި އިޓަލީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް 56 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް މަޓީއޯ ރެޓެގުއި އެވެ. މިއީ އެޓީމުގެ ލޮރެންޒޯ ޕެލެގްރިނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފަހު ހާފުގެ 80 ވަނަ މިނެޓުގައި އިގިރޭސި ޑިފެންޑަރު ލޫކް ޝޯއަށް ރެފްރީ ދެވަަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުން މެޗުގެ ފަހު 10 މިނެޓު އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ