
194552_d4540266-8_-scaled-1
ނައިބް ރައީސް ފައިސަލް ނަސީމް މިއަދު އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ނައިބް ރައީސް ފައިސަލް ނަސީމް އައްޑޫއަށް ވަޑައިގެން ހިތަދޫ ބަނދަރު ސަރަހައްދުގައި ޤާއިމްކޮށްފައިވާ މިސްކިތް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ މަޝްރޫޢެއް ހަވާލު ކުރުމުގެ ރަސްމީއްޔާތުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މިރޭ ބާއްވާ މިއަހަރުގެ އަތޮޅުތެރޭ ބާއްވާ ފުރަތަމަ އިހްޔާ ފޯރަމުގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އިހްޔާ ޕްރޮގްރާމް އޮންނާނީ މިރޭ އައްޑޫ ހައި ސްކޫލް ހޯލްގައެވެ.
”ލޮބުވެތި ނަބިއްޔާ ﷺ ގެ ޙަޔާތްޕުޅުން” މި މައުޟޫޢުއަށް ތަޤްރީރުކުރައްވާނީ އަލްއުސްތާޛް މުޙައްމަދު އަނީލް އަދި ޑރ. ޢަލީ ޒާހިރުއެވެ.