logoEN
ޕީއެންސީ 2
މި ރަމަޟާން މަހުގެ ފުރަތަމް އިހްޔާ ފޯރަމް މިރޭ!

މި ރަމަޟާން މަހުގެ ފުރަތަމް އިހްޔާ ފޯރަމް މިރޭ!

އަލްފާ އަލީ

logo

3/23/2023, 2:45:29 PM

AX3A1987

މި ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ފުރަތަމަ ފޯރަމް މިރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޝަރީ 2024

މިއަހަރު ޖުމްލަ 17 އިޙްޔާ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވާއިރު މާލޭގައި 9 ޕްރޮގްރާމް އަދި އަތޮޅުތަކުގައި 8 ޕްރޮގްރާމް ކުރިއަށް ގެންދާނެ އެވެ.

އިޙްޔާ ފޯރަމްގެ ފުރަތަމަ ޕްރޮގްރާމްގައި ތަޤްރީރުކުރައްވާނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި އައްޝައިޚް ޙަސަން ލަޠީފް މޫސާއެވެ. ބުރާސްފަތި ދުވަހުގެރޭ އިސްލާމީ މަރުކަޒުގެ ހޯލްގައި އޮންނަ މި ޕްރޮގްރާމްގެ މައުޟޫޢުއަކީ ”ހެޔޮ ބަދަލަކަށް ރަމަޟާން” މި މައުޟޫޢުއެވެ.

އަތޮޅުތަކުގައި ބާއްވާ އެންމެ ފުރަތަމަ އިޙްޔާ ޕްރޮގްރާމް އޮންނާނީ އައްޑޫ ސިޓީގައެވެ. އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އިހްޔާ ޕްރޮގްރާމް އޮންނާނީ ހުކުރު ދުވަހުގެ ރޭ (24 މާރިޗް 2023) އައްޑޫ ހައި ސްކޫލް ހޯލްގައެވެ. ”ލޮބުވެތި ނަބިއްޔާ ﷺ ގެ ޙަޔާތްޕުޅުން” މި މައުޟޫޢުއަށް ތަޤްރީރުކުރައްވާނީ އަލްއުސްތާޛް މުޙައްމަދު އަނީލް އަދި ޑރ. ޢަލީ ޒާހިރުއެވެ.

މާލޭގައި އިޙްޔާ ޕްރޮގްރާމްތައް އޮންނާނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހެއްގެ ރޭ 21:30ގައި އިސްލާމީ މަރުކަޒުގެ ހޯލްގައެވެ. އަދި އަތޮޅުތަކުގައި ހުކުރު އަދި ހޮނިހިރު ދުވަހުރޭ ރޭގަނޑު 21:30ގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ